މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1012 ވަނަ ޞަފްޙާ

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މީހުން ރަހީނުކޮށްފައި ތިބި ގެޔަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. ”އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ކޮށްފައި، ޑޮކްޓަރަށް ދެއްކުމަށް އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި” ފުލުހުން ވިދާޅުވިއެވެ. ފު...

ޔުމްނާ ޢަލީ
ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ. ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި  މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވު...

ސަލާމާ ޢަބްދުލް ޢަލީމް
ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ދައުރު މުހިންމު: އިމްރާން

ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ދައުރު މުހިންމު: އިމްރާން

އަދާލަތު ޕާޓީ މިހާރު އާދެވިފައިވާ ހިސާބުން ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ދައުރަކީ މުހިންމު ދައުރެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ އެޕާޓީއޭއެކު ރައްޔިތުން ތިބޭނީ އެ އިންތިޚާބުގައި އެޕާޓީގެ އަމާޒާއި މަގުސަދު ބަޔާންކޮށްދެވުނުވަރަކަށް ކަމަށެވެ. އެހެންކަމުން އެންމެން އެކުގައި މަސައްކަތުގައި ބައިވެރިވުން ވަރަށް މުހިންމު ކަމުގައ...

މުޙައްމަދު އަފްރާޙް
ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ޝާހިދު އެދިވަޑައިގެންފި

ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ޝާހިދު އެދިވަޑައިގެންފި

ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނި މިފަދައިން އެދިވަޑައިގެންނެވީ ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ރެސިޑެންޓް އެމްބަސީތައް ގާއިމް ކުރުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މައާފުކޮށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް...

މުޙައްމަދު އަފްރާޙް
ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބިރީ ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޭމްޕަކީ ކުމުންދޫގައި ނެޓްބޯޅަކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް މިކުޅިވަރުގެ ތެރެއަށްވަނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ރާވާފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިހަ އަހަރުން މަތީގެ...

އިބްރާހިމް ޚަލީލް
ބޮޑެތި އިނާމުތަކާއެކު އެސްޓީއޯގެ އީދަށް ހާއްސަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމުތަކާއެކު އެސްޓީއޯގެ އީދަށް ހާއްސަ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް ކުރިއަށްގެންދާ އީދު ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފިއެވެ. “އެސްޓީއޯ އީދު އޮފާ 2023” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އަތޮޅުތެރޭގެ އެސްޓީއޯގެ ފިހާރަތަކުގައި ކުރިއަށްދާނެއެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި ހުންނަ ފިހާރަތަކުގައި ބުރާސްފަތި ދުވަހުން ފެށިގެން މި ޕްރޮމޯޝަން ވަނީ ފަށައިފައެވެ. އެސްޓީއޯ އިން މައުލޫމާތު ދޭ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ޖާގަ ހޯދައިފިއެވެ. ޒިގްޒެގުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމް ހުވާސް ބަލިކޮށްގެންނެވެ. ޒިގެޒެގް މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. މިއަދު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި […]

އިބްރާހިމް ޚަލީލް
އުތީމު ހަބޭސްކޮށްލަން "ހަބޭސް" އުތީމަށް

އުތީމު ހަބޭސްކޮށްލަން "ހަބޭސް" އުތީމަށް

ހަތަރު އަހަރަށް ފަހު ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރުމަށް ތައްޔާރު ވަމުން އަންނަ ހއ. އުތީމުގައި މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕްގެ ޢީދު ޝޯވއެއް ދޭގޮތައް ހަމަޖެހިއްޖެއެވެ. އުތީމުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯވއެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން’’ އަށް ވިދާޅުވީ، ހަބޭސް ގެ ޝޯވ އެއް އުތީމުގައި ބޭއްވޭގޮތްވުމީ އެރަށުގެ ޒުވާނުންނާއި ކުދިބޮޑު އެންމެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔުން ކަމަށެވެ. ރަޝީދު […]

ޙުސައިން ޝަހުދީ
ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއިން ފުރާވަޑައިގެންފިއެވެ. އެ ދެ ކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން ރަސްމީގޮތުން މަރުޙަބާ ވިދާޅުވީ ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވަވާފައެވެ. އަދި އެކި ދާއި...

މުޙައްމަދު އަފްރާޙް
ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް ފަރުވާ ދެނީ

ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް ފަރުވާ ދެނީ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މއ. ގުލާބީގޭގައި ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީި މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ގެއަށް […]

މުޙައްމަދު އަފްރާޙް
ރަސްދޫގައި 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

ރަސްދޫގައި 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

އއ. ރަސްދޫގައި 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފިއެވެ. މިއީ ސްޓެލްކޯއިން އެ ރަށުގައި ބެހެއްޓި އާރުއޯ ޕްލާންޓެކެވެ. އެ ކުންފުނިން މިއަދު ބުނީ، އެ އާރްއޯ ޕްލާންޓާއެކު ރަސްދޫގެ ފެން އުފެއްދުމުގެ ޖުމުލަ ކެޕޭސިޓީ 160 ޓަނަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެ އާރްއޯ ޕްލާންޓަކީ އެ ކުންފުނީގެ މުވައްޒަފުން ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް، އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓު ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު […]

އަޙްމަދު ވަހީދު
އެލަވަންސް ބޮޑުކުރުމަށް ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނަކުން: އުޝާމް

އެލަވަންސް ބޮޑުކުރުމަށް ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނަކުން: އުޝާމް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ޢިއުލާން ކުރައްވާފައެވެ. އެކަމާއި ގުޅިގެން އުޝާމް މީސް މީޑިއާގައި ވިދާޅުވީ، އެ ކަމަކީ ގާނޫނު އިސްލާހުކޮށްގެ...

ޔުމްނާ ޢަލީ
މަސް ދޯންޏެއްގައި ބޭއްވި ރަސްމިއްޔާތަކާއި އެކު، އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މަސް ދޯންޏެއްގައި ބޭއްވި ރަސްމިއްޔާތަކާއި އެކު، އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 މިއަހަރުގެ އެޑިޝަން މިއަދު އިއުލާނުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ މާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް […]

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: ޝިކާޔަތު (ފުރަތަމަ ބައި)

ސިލްސިލާ ވާހަކަ: ޝިކާޔަތު (ފުރަތަމަ ބައި)

ފެހިކަންގަދަ، ފަތްބޯ ގަސްތަކުން މަލަމަތީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އިރުވައި މޫސުމުގެ މަޑު ދުވަހެއްކަމުން ރާޅުވެސް އޭގެ ދައުރު އަދާކުރަމުންދަނީ ނުހަނު ކަންނެތްކަމާއިއެކުއެވެ. ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ގޮނޑުދޮށުގައި އޮތް އާނުގަނޑުވެސް އޮތީ ހިކިފައެވެ. މޫދުގައި އުޅޭ ކުދިކުދި މަސްތަކަށް ބަލަން އިން މާކަނާ އުދުހިގަތީ، ދޮންވެލިގަނޑުމަތީގައި އިން ޝަހާނާ އެއްލި ގާކޮޅުގޮސް އެސޮރު ގައިގައި ޖެހުމުންނެވެ. ޝަހާނާގެ މޫނުމަތިން އޭރުވެސް ފެންނަމުންދިޔައީ ފޫހިކަމުގެ އަސަރުތަކެވެ...

ސަލާމާ ޢަބްދުލް ޢަލީމް
ދުބާއީގެ އެންމެ އަގުބޮޑު ގެ ރަނުން ޖަރީކޮށްފައި, ވިއްކަނީ 200 މިލިއަން ޑޮލަރަށް

ދުބާއީގެ އެންމެ އަގުބޮޑު ގެ ރަނުން ޖަރީކޮށްފައި, ވިއްކަނީ 200 މިލިއަން ޑޮލަރަށް

ރަނުން ޖަރީކޮށްފައިވާ, ދުބާއީގެ އެންމެ އަގު ބޮޑު ގެ 200 މިލިއަން ޑޮލަރަށް ގަންނަން ހުޅުވާލައިފި އެވެ. “މާބަލް ޕެލަސް” ގެ ނަމުން ނަންދީފައިވާ މި ގެ ބިނާކޮށްފައިވަނީ ގާތްގަނޑަކަށް 80 މިލިއަނާއި 100 މިލިއަނާ ދެމެދުގެ އަދަދެއްގެ ދިރުހަމް ހޭދަކޮށްގެން އިޓާލިއަން ސްޓޯން ބޭނުންކޮށްގެންނެވެ. އަދި 700,000 އަށް ވުރެ ގިނަ ރަން ޝީޓް ހަރުކޮށްފައިވެ އެވެ. އަދި ފާހާނާގެ ޖަކޫޒީ ޖަރީކޮށްފައިވަނީ 24 ކެރެޓްގެ ރަނުންނެވެ. އެމިރޭޓްސް ހިލްސް ސަރަހައްދުގައި ހުންނަ 60،000 އަކަފޫޓުގެ […]

ހުސައިން ހަބީބް
އިސްތިއުނާފް ޝަރީއަތް އަވަސްކޮށް, ދިގުކޮށް ބާއްވައިދީ: ޔާމީން

އިސްތިއުނާފް ޝަރީއަތް އަވަސްކޮށް, ދިގުކޮށް ބާއްވައިދީ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް އަވަސް އަވަހަށް އަދި ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމް އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޔާމީން އަދި ޔޫސުފް […]

ހުސައިން ހަބީބް
ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެންނާނީ ރަނގަޅު ނަމޫނާ ދައްކައިގެން: މެޑަމް ފަޒުނާ

ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެންނާނީ ރަނގަޅު ނަމޫނާ ދައްކައިގެން: މެޑަމް ފަޒުނާ

ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެންނާނީ ރަނގަޅު ނަމޫނާ ދައްކައިގެން ކަމުގައި ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މި ހަފުލާގައި ފަޒުނާ ވަނީ ކުޑަކުދިންނަކީ އިޙްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކ...

މުޙައްމަދު އަފްރާޙް
ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް!

ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް!

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެބޮޑު އެއްސަބަބެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގެ ކަނޑުއަޑީގެ ޗާލު ބަގީޗާތަކަކީ ބަލައި ފޫހިވާނޭ ތަންތަނެއް ނޫނެވެ. މީގެ ތެރެއިން ވެސް ހދ. ނައިވާދޫގެ ހުޅަނގު ފަރާތުގައި ޑައިވިން ކުރުމަށް އޮންނަ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ފާހަގަކޮށްލެވެއެވެ. އެކަން ހާމަވަނީ އެރަށަށް އުފަން އެރަށު ޒަމާނީވިލާ މަންސޫރު އަލީ ގެ މި ވާހަކަތަކުންނެވެ. އެރަށުގައި ޑައިވް ސެންޓާ އެއް ހުޅުވައި، ވޯޓާ ސްޕޯޓްސް ގެ ޚިދުމަތް ދެމުން އަންނަ އުމުރުން 29 އަހަރުގެ މަނ...

މުޙައްމަދު އަފްރާޙް