ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް އިތުރު އިނާޔާތްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 3 އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ، ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ކަމަށެވެ. މިދަތުރާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެެއް ނުކުރައ...
މުޙައްމަދު އަފްރާޙް
އެންވަޔަރަމަންޓް އިމްޕެކްޓަ އެސަސްމަންޓް (އީއައިއޭ) މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށް ބީވީއައި ޖޫރިމަނާކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އީޕީއޭއިން ވިދާޅުވެފައިވ...
ޔުމްނާ ޢަލީ
އިސްލާމްދީން ގޮވައިލައްވަނީ ހަމައެކަނި ބޭރުފުށުގެ ޢަމަލުތައް ސީދަ ކުރުމަކަށް ނޫނެވެ. އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތައް ސީދާ ކުރުމަށެވެ. ޙަޤީޤީ މާނައިގައި ދީނީ އަމުރުފުޅުތަކަށް ތަބާވުމަކީ ވެސް އެއީއެވެ. އާދެ، ބުރުގާ އަޅަން ވީ ފުރަތަމަ ހިތުގައެވެ. މި ތަނުގައި ބުރުގާގެ މުރާދަކީ ފޭރާމެވެ. ނަމަވެސް ކޮންމެކޮންމެ ފޭރާމެއް ނޫނެވެ. އެއީ އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވާ ފަދައިން ޢައުރަ ނިވާ ވާ ފަދަ ފޭރާމެވެ. ހިތުގެ މުރާދަކީ ތަޤްވާއެވެ. ނުވަތަ ތަޤްވާވެރިކަމެވެ. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގައި އަ...
ޝެއިޚް ޝަފީއު އަބްދުﷲ
ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތައް ބޫޓާން އަދި ބަންގްލަދޭޝް އިން ކާމިޔާބުކޮށްފިއެވެ. ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 61-55 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކްއާޓާ ބޫޓާނުން ކާމިޔާބުކުރީ 13-21 އިން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކްއާޓާ 36-26 އިން ނިންމާލިއިރު، ތިންވަނަ ކުއާޓާ ބޫޓާނުން ނިންމާލީ 42-48 އިންނެވެ. […]
މުޙައްމަދު އަފްރާޙް
އދ. ލޮނުބޮއި މަރާމާތުކޮށް ނިންމައި އަތޮޅުގެ ރައްޔިތުން ދަތުރުދިއުމަށް ހުޅުވާލައިފިއެވެ. އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އެރަށަށް ދަތުރުދިއުމަށް ޚާއްސަ ކުރެވިފައިވާ ދުވަސްތަކަކީ ހުކުރު، ހޮނިހިރު (ސްކޫލް ޗުއްޓީގައި އާދީއްތަ ދުވަސް ހިމަނައިގެން) އެވެ. އަދި ރަށުގައި މަޑުކުރެވޭނީ ހެނދުނު 6 ން އިރުއޮއްސި 6 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން މި ދުވަސްތަކުގައި ކުޑަކުދިންނާއި ބޮޑެތިމީހުން ހިމަނައިގެން ދުވާލަކު 50 މީހުންނަށް އެރަށަށް ދަތުރު ދިއުމަށް ހުއްދަ ދެވޭނެ ކަމަ...
މުޙައްމަދު އަފްރާޙް
ޑރ. މުހައްމަދު އިޔާޒު އަބްދުއް ލަތީފަށް މަގުމަތިން ހަނގާކޮށް، ހުރަސްއެޅީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށްފައިވާތީ، ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވަނީ ޑރ. އިޔާޒަށް މަގުމަތިން ހަނގާކޮށް ހުރަސްއަޅައި ހަޑިހުތުރު ބަހުން މުޚާތަބުކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އަނިޔާވެރި ވުމަށް ގޮވާލައި އިދިކޮ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” ހެޔޮނުވާނެ ހުއްޓާލާ! ތިހާވަރު ވާކަށް އަދި ނުވެޔޭ އުޝާ! އަހަރެން ދެއްކީ ދޮގު ވާހަކަ ތަކެއްތަ؟ އަހަރެން މިރޭ ވިސްނީ އަހަންނަކީ އުޝާގެ ފިރިމީހާގެ ގޮތުގައި… އަހަރެން މިރޭ މިދެއްކި ވާހަކަ ތަކަކީ އެ ހައިޞިއްޔަތުން ދެއްކި ވާހަކަތަކެއް.. އަހަރެން މިރޭ މުޅިންވެސް ވިސްނީ އުޝާއަށް އުފާ ހޯދައިދޭނެ ގޮތްގޮތް. އެއްވެސް ޙާލެއްގައި ނޫޙު ބާކީ ކުރުމެއްނޫން އަހަރެންގެ މަޤްޞަދަކީ.. އުޝާ ހިތްދަތިވާ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން އުޝާއަށް އޮޅުނީތީ އަހަރެން […]
ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނޮޅިވަރަމް ހުވާސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިހާރު ވަނީ ކުޅެނިމިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ބައްދަލުކުރީ ކްލަބް ކޮރަލްސްއާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ […]
އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުއްޓާ ކުރީ އާދައިގެ ތުހުމަތެއް ނޫނެވެ. ކޮވިޑް ދުވަސްވަރު މާގިރި ހޮޓަލާއި އަދި ބައެއް ރިސޯޓްތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް އަދި ރޭޕްކުރަން އުޅުމުގެ ތުހުމަތުތަކެވެ. އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނު ކަމަށް ބުނެ އެވެ. ވަގުތުން ވަގުތަށް އަލީ ވަހީދު މަގާމުން ވަކިކުރެއްވީ އޭނާ ކުރެން ހޭވެސް އެއްސެވުމެއް ނެތި މުވައްޒަފުންގެ ބަހަށް އިތުބާރު ކުރައްވައިގެންނެވެ. އެ [...
ހުސައިން ހަބީބް
ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިއްޖެއެވެ. މި ދެ ޕްލެޓްފޯމު ގުޅުމާއެކު މިހާރު ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކް ކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ. އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާ ގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓަރު ކުރެވޭ އެޕެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން...
އަޙްމަދު ވަހީދު
ރަސްފަންނާ ދިމާލުން މޫދުގައި ހޭނެތިފައި އޮތް މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުލުހުން ސަލާމަތްކޮށްފިއެވެ. އޭނާ ސަލާމަތްކޮށްފައި ވަނީ ރަސްފަންނާ ދިމާލުން މޫދުގައި އޮޔާދަނިކޮށްނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އޮޔާދަނިކޮށް ފެނުނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އަދި އެއީ މަރުވެފައި އޮތް މީހެއް ކަމަށް ހީކޮށް، އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ ޚިދުމަތްތަކާ ބެހޭ ޔުނިޓަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމީހާ އޮޔާ ދަނިކޮށް ނެގީ ފުލުހުންގެ ކުޑަކު...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތްކުރުމުގެ އަމާޒުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން އަޟްހާ އީދަށްފަހު ފައްޓަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބުނީ މި ދަތުރުތަކުގައި ރިޔާސީ އިންތިހާބަށް އެޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރާނީ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދުގެ ބޭނުން ހިފުމެއްނެތި ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ ވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. މިއަދު މަޖިލިސްގެ ރިޔާސަތުން ޢަމަލު ކުރެއްވި ގޮތާގުޅޭ ގޮތުން އިބްރޭ ވިދާޅުވީ، މަޖިލިސް ރިޔާސަތުން ރައީސުލްޖުމްހ...
ޔުމްނާ ޢަލީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސްވަރު މަތިން ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން އެ އޮފީހަށާއި ފުލުހުންނަަށް ފޮނުވަމުންދިޔަ ސިޓީތަކާއި ގުޅިގެން އެ މީ...
މުޙައްމަދު އަފްރާޙް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއުން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ. ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން މިއަދު ފަށާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯއ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ގްރާންޓްސް ފޯ ވިމަން ލެޑް ބިޒްނަސެސް އަދި ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސެސް އަށް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ ޓްރެއިނިންގ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ އެ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ދެ ޕްރޮގްރާމް ކަމަށެވެ. މި ޕްރޮގްރާމުތަކުގެ މަގުސަދަކީ ވިޔަފާރިއާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި އިގްތިސާދީގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް މާލީ އެހީ ފޯރުކޮށްދިނު...
މުޙައްމަދު އަފްރާޙް
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޯމަ ދުވަހު ސައިޓު ވަނީ މޮބިލައިޒް ކޮށްފައެވެ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 12,145 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 670 މީޓަރުގެ […...
އަޙްމަދު ވަހީދު