ނޯބެލް ސުލްހައިގެ އިނާމް މަޗާޑޯއަށް ދިނުމުން އެމެރިކާގެ އެންމެ ބޮޑު މުސްލިމް ޖަމާއަތުން ކަންބޮޑުވުން ފާޅުކޮށްފި
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށް ދިނުމާ ގުޅިގެން އެމެރިކާގެ އެންމެ ބޮޑު މުސްލިމް ޖަމާއަތް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސީއޭއައިއާރު އިން ފާހަގަކުރި ގޮތުގައި މިއަހަރުގެ ނޯބެލް ހަމަޖެހުމުގެ އިނާމު މެރިއާ ކޮރީނާ މަޗާޑޯއަށް ދިނުމަށް ނޯބެލް ކޮމިޓީން ނިންމި ނިންމުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އެޖަމާއަތުން ބުނިގޮތުގައި މަޗާޑޯއަކީ އިސްރާއީލުގެ ހަރުކަށި ލިކުޑް ޕާޓީއަށް ތާއީދުކ...