''ތިޔައީ ބަތަލުން، ފްލޮޓިލާގެ މެސެޖު މުޅި ދުނިޔެއަށް ފޯރައިފި''
ޣާއްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްމާޢީލް އައް-ޘަވާބްތާ، ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުފެށި ‘ގްލޯބަލް ޞުމޫދު ފްލޮޓިލާ’ގެ އެކްޓިވިސްޓުންގެ މަސައްކަތަށް ބޮޑު ތަޢުރީފު ކުރައްވައިފިއެވެ. އެ އެކްޓިވިސްޓުންގެ ހިތްވަރާއި މަސައްކަތަށް ތައުރީފް ކުރަށްވައި އައް-ޘަވާބްތާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލޮޓިލާގެ އިންސާނިއްޔަތުގެ މިޝަނުން “މުޅި ދުނިޔެއަށް” ވާސިލުވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ މެސެޖު ދުނިޔެއަށް ފޯރާފައިވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިސް...