ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ: ހާމަނާއީ
ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ ކަމަށާއި، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާއަކީ ވެސް އެމެރިކާ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ، ވިދާޅުވެއްޖެއެވެ. އެމެރިކާ އާއި އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގުޅޭގޮތުން އެއްފަހަރާ އެކްސްގައި ގިނަ ޕޯސްޓްތަކެއް ކުރައްވަމުން، ހާމަނާއީ ވަނީ މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައެވެ. ހާމަނާއީ ވިދާޅުވީ އެމެރިކާގެ ރައީސް ފަޚުރުވެރިވަނީ އެމީހުން އީރާނުގެ ނިއުކްލިއަރ ޞިނާޢަތު ބޮންއަޅައި ހަލާކުކޮށްލައިފި ކަމަށެވެ. އެކަ...