ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ ކަމަށާއި، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާއަކީ ވެސް އެމެރިކާ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ، ވިދާޅުވެއްޖެއެވެ.
އެމެރިކާ އާއި އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގުޅޭގޮތުން އެއްފަހަރާ އެކްސްގައި ގިނަ ޕޯސްޓްތަކެއް ކުރައްވަމުން، ހާމަނާއީ ވަނީ މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައެވެ.
ހާމަނާއީ ވިދާޅުވީ އެމެރިކާގެ ރައީސް ފަޚުރުވެރިވަނީ އެމީހުން އީރާނުގެ ނިއުކްލިއަރ ޞިނާޢަތު ބޮންއަޅައި ހަލާކުކޮށްލައިފި ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ހާމަނާއީ ވިދާޅުވީ، އެކަމުގައި އެމެރިކާއިން ''ހުވަފެނެއް ދުށުމުގައި ތިބުމަށް'' ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިތިބީ މަޑުމައިތިރި ހަނގުރާމައެއްގެ ތެރޭގައި، މަޑުމައިތިރި ހަނގުރާމައެއްގައި، ދުޝްމިނާ މަސައްކަތް ކުރަނީ ރައްޔިތުން ހިތްދަތިކޮށް، އެމީހުންގެ އަމިއްލަ ޤާބިލުކަމާމެދު އުއްމީދު ގެއްލުވާލުމަށް." ހާމަނާއީ ވިދާޅުވެފަވެއެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިމަށް (އިސްރާއީލަށް) އެމެރިކާގެ ރައީސް ކުރެއްވި ދަތުރާ ބެހޭގޮތުން ވެސް ހާމަނާއީ ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ، ރައީސް ޓްރަމްޕް މަސައްކަތް ކުރީ އޮކިއުޕައިޑް ފަލަސްޠީނުގައި ތިބި ހިތްދަތިވެފައިވާ ޒަޔޮނިސްޓުންނަށް އުއްމީދު ދީ، އެތައް ބައިވަރު ހުސް ބަހަކުންނާއި އޭނާގެ މަޖާ ކަންތަަކުން އެމީހުންގެ ހިތްވަރު އިތުރުކޮށްދިނުމަށް ކަމަށެވެ. އަދި މިއީ އޮކިއުޕައިޑް ފަލަސްޠީނަށް (އިސްރާއީލަށް) ޔޫއެސްގެ ރައީސް ކުރި ދަތުރާމެދު އަހަރެންގެ ދިރާސާއެވެ."
ޒަޔޮނިސްޓުންނަށް ދެދުވަހުގެ ތެރޭގައި އެހާ ބޮޑު ހަމަލާއެއް ދެވުނުކަމަށް ޤަބޫލުކުރަން ނޭނގުނު ކަމަށާއި، އެމީހުން އުއްމީދު ގެއްލިފައިވާކަމަށް ހާމަނާއީ ފާހަގަކުރެއްވިއެވެ.
"ޔޫއެސްގެ ރައީސް އޮކިއުޕައިޑް ފަލަސްޠީނަށް ދަތުރުކުރީ އެމީހުން އެ ހިތްދަތިކަމުން ސަލާމަތްކުރުމަށް." ހާމަނާއީ ވިދާޅުވެފަވެއެވެ.
އީރާނުގެ ދިފާއީ ޤާބިލުކަމަށް އަލިއަޅުވާލައްވަމުން ހާމަނާއީ ވިދާޅުވީ، އީރާނު ޒުވާނުންގެ އަތްތަކުން އުފެއްދި މިސައިލަކުން އެމީހުންގެ (އިސްރާއީލްގެ) ބައެއް މުހިންމު ރިސާރޗް މަރުކަޒުތަކުގެ އެންމެ އަޑިއަށް ވަދެ އަލިފާނާއި އަނދައިގެން އަޅިއަށް ހަދާލާނެކަމަކަށް ޒަޔޮނިސްޓުން އުއްމީދެއް ނުކުރެއެވެ. އެކަމަކު އެކަން ހިނގައިފިކަމަށް އޭނާ ވިދާޅުވިއެވެ.
"އީރާނުގެ މިސައިލްތަކަށް ވަނީ ޒަޔޮނިސްޓު ވެރިކަމުގެ ގިނަ މުހިންމު މަރުކަޒުތަކުގެ އެންމެ އަޑިއަށް ވަދެ އެތަންތަން ހަލާކުކޮށްލެވިފައި، މި މިސައިލްތައް އުފެއްދީ އީރާނުގެ ޒުވާނުން، އަޅުގަނޑުމެން އެހެން އެއްވެސް ތަނަކުން އެ ނުގަންނަން، ހަތިޔާރުއެޅި ބާރުތަކުން މި މިސައިލްތައް ބޭނުންކުރި، އަދި ފަހުން ބޭނުންޖެހިއްޖެނަމަ އަނެއްކާވެސް ބޭނުންކުރާނަން." ހާމަނާއީ ވިދާޅުވެފަވެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ކުށްތަކުގައި އެމެރިކާ އަކީ މައިގަނޑު ބައިވެރިއެއްކަން އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށް ހާމަނާއީ ހާމަކުރެއްވިއެވެ.
"ޔޫއެސްގެ ވަސީލަތްތަކާއި ހަތިޔާރުތައް ވަނީ ޒަޔޮނިސްޓު ވެރިކަމަށް ބޮޑު މިންވަރަކަށް ލިބިދީފައި،. އެއީ ޣައްޒާގެ ނިކަމެތި ރައްޔިތުންގެ މައްޗަށް އެތަކެތި ވެއްޓުވުމަށްޓަކައި، ޔޫއެސްއަކީ މި ކުށުގައި ބައިވެރިއެއް." ހާމަނާއީ ވިދާޅުވިއެވެ.
ޔޫއެސްގެ ރައީސް ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރާކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ހާމަނާއީ ވަނީ ސުވާލު އުފައްދަވާފައެވެ.
"އެކަމަކު މި ހަމަލާތަކުގައި 20,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވެއެވެ. މި ކުދިންނަކީ ޓެރަރިސްޓުންތޯއެވެ؟ 4 އަހަރު، 5 އަހަރުގެ ކުޑަކުދިންނާއި އަލަށް އުފަންވި ކުދިން - ތިބާމެން [20,000 އަށްވުރެ] ގިނަ ކުދިން މަރާލައިފިއެވެ! މި ކުދިންނަކީ ޓެރަރިސްޓުންތޯއެވެ؟ ތިބާމެންނަކީ ޓެރަރިސްޓުންނެވެ!" ހާމަނާއީ ވިދާޅުވިއެވެ.
އެމެރިކާއަކީ އައިއެސްއައިއެސް އުފައްދައި މެދުއިރުމަތީގައި ދޫކޮށްލި ނިރުބަވެރިން ކަމަށް ވެސް ހާމަނާއީ ތުހުމަތުކުރެއްވިއެވެ.
"ތިބާމެން، ޔޫއެސްއަކީ، އައިއެސްއައިއެސް ޖަމާއަތް އުފައްދައި އެމީހުން މެދު އޭޝިއާގައި ދޫކޮށްލި ޓެރަރިސްޓުންނެވެ. ތިބާމެން އެމީހުން ބައިތިއްބަނީ ރިޒާވްގައި އެއްދުވަހަކުން ބޭނުންކުރުމަށެވެ. އެ ޖަމާއަތުގެ ބައެއް މެންބަރުން މިހާރު ތިބީ އެމެރިކާގެ ބާރުގެ ދަށުގައެވެ. އެމީހުން ބައިތިއްބާފައި ތިބީ ކޮންމެވެސް ތަނެއްގައި، ބޭނުންވާ ކޮންމެ ވަގުތެއްގައި ބޭނުންވާ ކޮންމެ ތަނެއްގައި ބޭނުންކުރުށް ކަމަށް ހާމަނާއި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!