އެމެރިކާއިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ވަގުތުން ފެށުމަށް ޓްރަމްޕްގެ އަމުރެއް
ޔުނައިޓެޑް ސްޓޭޓްސް (އެމެރިކާ)އިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް “ވަގުތުން” އަލުން ފެށުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިފެންސް ޑިޕާޓްމަންޓަށް އަމުރުކުރަށްވައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޓްރަމްޕްގެ މި އަމުރާއި ގުޅިގެން އެމެރިކާއިން 1992 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައިވާ މިފަދަ ޓެސްޓްތައް އަލުން ފެށުމަށް މަގުފަހިވެގެންދާނެއެވެ. “އެހެން ޤައުމުތަކުން ޓެސްޓިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާތީ، އަހަރެމެންގެ ނިއުކްލިއަރ ހަތިޔާރުތައް ހަމަހަމަ އުސޫލަކުން ޓެސްޓްކުރަން ފެށުމަށް މިނ...