ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ބައެއް ހިސާބުތަކަށް 10 ފޫޓަށްވުރެ އުސް ސުނާމީއެއްގެ އިންޒާރު
ޖަޕާނުގެ އުތުރު-އިރުމަތީ ކަނޑުގެ ސަރަހައްދަށް ހޯމަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން، އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އިންޒާރާ އެކު، ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ. ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ޖޭއެމްއޭ އިން ލަފާކުރާ ގޮތުގައި، އިވާޓޭ، އާއޮމޮރީ އަދި ހޮކައިޑޯގެ ބައެއް ހިސާބުތަކަށް 3 މީޓަރަށް (10 ފޫޓަށް) ވުރެ އުސް ސުނާމީއެއް އެރުން އެކަށީގެންވެއެވެ....