ފަލަސްތީނު ރައްޔިތުންގެ އީމާންތެރިކަމުން ފިލާވަޅު ލިބިގަނޭ، 500 ދަރިވަރުން ޤުރުއާން ހިތުދަަސްކޮށްފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، މުޅި ސަރަހައްދު ސުންނާފަތި ކުރަމުންދާ ދަނޑިވަޅެއްގައި، ކީރިތި ގުރުއާން މުޅިން ހިތުދަސްކުރި 500 ފަލަސްތީނު ރައްޔިތުންގެ ޝަރަފުގައި ޣައްޒާ ސިޓީގެ އަލްޝާތީ ރެފިއުޖީ ކޭމްޕުގައި ބުރާސްފަތި ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުން އިންތިޒާމުކުރި މި ހަފުލާގައި، ހަނގުރާމައިގެ ސަބަބުން އެތައް ފަހަރަކު ގެދޮރު ދޫކޮށް ދާންޖެހުނު އާއިލާތަކާއި، ދީނީ އިލްމުވެރިންނާއި، މުދައްރިސުން އަދި ކޭމްޕުގެ ރައްޔިތުން ބައިވެރި...