ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސް ޕުޓިންއަށް ތަހުނިޔާ އާއި ހެ...