ޖަރުމަނުގެ ފްރޭންކްފާޓް ވެސް ރޯދަމަހަށް މަރުހަބާގެ މެސެޖުތަކުން ދިއްލާލާފައި
ޖަރުމަނުވިލާތުގެ ފްރޭންކްފާޓް ސިޓީގައި 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އެ ސިޓީގެ މަގުތައް ރަމަޟާން މަހުގެ ޚާއްޞަ ބައްތިތަކުން ވަނީ ދިއްލާލައިފައެވެ. މިއީ އެ ސިޓީގައި އޮތް އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމްކުރުން ދައްކުވައިދޭ ނަމޫނާ ހަރަކާތެކެވެ. މިގޮތަށް މަގުތައް ޒީނަތްތެރިކުރާތާ މިއީ ވިދިވިދިގެން ތިންވަނަ އަހަރެވެ. މި ބައްތިތައް ހަރުކޮށްފައިވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ފުރިފައިވާ، އާންމުންގެ މެދުގައި މަގުބޫލު ‘ގްރޯސޭ ބޮކެންހައިމާ ސްޓްރާ...