އީރާނުންގެ ހަމަލާ ހަ ގައުމެއްގައި ހުރި އެމެރިކާގެ ބޭސްތަކަށް، އިސްރާއީލަށް ގިނަ ހަމަލާތަކެއް
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، މިއަދުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް އީރާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގެ ހަ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. ފެބްރުއަރީ 28، 2026 އާ ހަމައަށް މަސްރަހު ގޯސްވެފައި އޮތ...