ސައޫދީ އަށް މާދަމާ ރޯދަ
ސައޫދީ އަރަބިއްޔާއަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، މާދަމާ ނުވަތަ ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުގެ ސުޕްރީމް ކޯޓުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ސައޫދީ ސުޕްރީމް ކޯޓުން މިކަން އިޢުލާންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. މި ނިންމުން ނިންމާފައިވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސައޫދީގެ އެކި ސަރަޙައްދުތަކުގައި ހަނދު ބެލުމަށް ކަނޑައަޅާފައިވާ ރަސްމީ ކޮމިޓީތަކަށް ހަނދު ފެނުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެނ...