އެޕްސްޓީންއާ ގުޅޭ ލިޔުންތަކުން ފެނުނީ ހުޅަނގުގެ އަސްލު ސޫރަ: ރަޝިޔާ
އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން ދާދިފަހުން އާންމުކުރި ލިޔެކިޔުންތަކަކީ “ސާފު ސީދާ ޝައިތާނީ އަމަލުތަކެއް” ކަމަށް ސިފަކުރައްވައި، މިއީ ހުޅަނގުގެ އަސްލު ސޫރަ ހާމަވެގެންދިޔަ ކަމެއް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެން.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި ލަވްރޯފް ވަނީ އެޕްސްޓީން އާއި ހުޅަނގުގެ ނުފޫޒުގަދަ ފަރާތްތަކުން އުޅެމުންދިޔަ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ދިރިއުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައ...