ހަނގުރާމާގައި އަހަރެމެން ގެންގުޅޭނީ "ލޮލަކަށް ލޮލެއް" އުސޫލު: އީރާނުގެ މަޖިލީހުގެ ރައީސް
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް، ހަނގުރާމައިގެ މައިދާނުގައި އީރާނުން ދެން އަމަލުކުރާނެ ހަރުކަށި ސިޔާސަތުތައް ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. “ލޮލަކަށް ލޮލެއް” (Lex Talionis) ގެ އުސޫލަށް ރިއާޔަތްކުރައްވައި ގާލިބާފް ދެއްވި މި ބަޔާނަކީ، ކުރިއަށް އޮތް ތަނުގައި އަސްކަރީ އަމާޒުތަކާއި އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ އިގްތިސާދީ މުހިންމު ވަސީލަތްތަކާ ދެމެދު ތެހެރާނުން އެއްވެސް ތަފާތެއް ނުކުރާނެކަމުގެ ސީދާ އިންޒާރެކެވެ. މި ފަލްސަފާއަކީ ހަމައެކަނި ކުރިމަގަށް ދިން އިންޒާރެއް ނޫނ...