އީރާނުގެ އިސްވެރިންގެ މަޢުލޫމާތު ދޭ މީހަކަށް 10 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
އީރާނުގެ އާ ލީޑަރޝިޕާއި އެގައުމުގެ ވަރުގަދަ ސިފައިންގެ ފައުޖު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ އިސްވެރިންނާ ގުޅޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ދޭނެކަމަށް އެމެރިކާއިން އިޢުލާންކޮށްފިއެވެ. މި އިނާމު ރަސްމީކޮށް އިޢުލާންކޮށްފައިވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ “ރިވޯޑްސް ފޯ ޖަސްޓިސް” (އާރް.އެފް.ޖޭ) ޕްރޮގްރާމުން މީގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ސިޔާސީ އަދި ނަފްސާނީ ހަނގުރާމައިގެ ތެރެއިން އ...