އީރާނުން ހަމަލާދީ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ ރާޑަރެއް ފުނޑުފުނޑުކޮށްލައިފި
ގަލްފް ސަރަހައްދުގައި ހަރުކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމްތައް ޑައިރެކްޓް ކުރުމަށް ބޭނުންކުރާ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ މުހިއްމު ރޭޑާއެއް އީރާނުގެ ހަމަލާއެއްގައި ނައްތާލާފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ. ސެޓެލައިޓް ފޮޓޯތަކާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ، 7 މާރިޗު 2026 ގައި އާންމުކުރި މި ރިޕޯޓަކީ އެމެރިކާ-އިސްރާއީލް ކޯލިޝަންގެ ވައިގެ ދިފާއީ ނިޒާމަށް ލިބުނު ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މި ހަމަލާގައި ހަލާކުކޮށްލާފައިވަނީ ތާޑް (THAAD – Terminal H...