ޣައްޒާގެ ދެބެއިން އިމާރާތްތަކުގެ ކުނިބުނިން ގައު އުފައްދައިގެން ތިމާވެށީގެ އެވޯޑެއް ހޯދައިފި
ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ގައު ކުނޑި ބޭނުންކޮށްގެން، އަލުން ބޭނުންކުރެވޭނެ ގައު އުފެއްދި ޣައްޒާގެ ދެބެއިންނަށް ބައިނަލްއަގުވާމީ ތިމާވެށީގެ ދާއިރާގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ދޭ “އާތު ޕްރައިޒް” ގެ މެދުއިރުމަތީ ސަރަހައްދުގެ ވަނަ ހޯދާފައިވަނީ އުމުރުން 17 އަހަރުގެ ތާލާ މޫސާ އާއި 15 އަހަރުގެ ފަރަހް މޫސާއެވެ. އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ގެއްލި، މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ މި ދެބެއިން...