ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި
ހޯރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަތަހައިގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ބައިނަލްއަގުވާމީ “ޑިޖިޓަލް އިންފްރާސްޓްރަކްޗާ” ނުވަތަ އިންޓަނެޓް ކޭބަލްތަކުގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް އީރާނުން އާ އިސްތިރާތީޖީއެއް އެކުލަވާލައިފިއެވެ. 2026 ވަނ އަހަރުގެ މޭ މަހުގެ ތެރޭގައި އީރާނުގެ ފާސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުން ފަށާފައިވާ “ސްޓްރެއިޓް އޮތޯރިޓީ” އިސްނެގުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. “ކޭބަލް ޓޯލް”...