އީރާނުގެ ނިއުކްލިއާ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއްނުވޭ: ރިޕޯޓު
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހުވެސް، އެ ގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ މުހިންމު ބައިތައް ސަލާމަތުން ހުރިކަން ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަމަލާތަކުގައި އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކަށް ގެއްލުން ލިބުނު ނަމަވެސް، އެންމެ މުހިންމު ބައެއް ވަސީލަތްތަކަށް އަސަރެއް ކޮށްފައެއް ނުވެއެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތުގައި ބޭނުންކުރ...