ޗައިނާ އެމެރިކާއަށް: ޗައިނާގެ ވިޔާފަރިތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން
ޗައިނާގެ ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި “ބޭނުންވާ ފިޔަވަޅުތައް” އަޅާނެކަމަށް ބުނެ ބުރާސްފަތި ދުވަހު ޗައިނާއިން އެމެރިކާއަށް އިންޒާރުދީފިއެވެ. މިއީ އެމެރިކާގެ ބައިޑެން އިދާރާއިން މިހަފްތާގެ ތެރޭގައި ޗައިނާގެ ވިޔަފާރި ކުންފުނިތަކެއް މަނާކުރުމަށް އައު އެކްސްޕޯޓް ހަނިކުރުންތަކެއް ހާމަކޮށްފާނެކަމަށް ބެލެވޭތީ ދިން އިންޒާރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފާއިތުވި ހަފްތާގައި، އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްއިން މެމްބަރުންނަށް އީމެއިލެއް ފޮނުވައި އަންގާފައިވަނީ، ބައިޑެން އިދާރާއިން 200 އާ ގާތްކ...