އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް
އެޕަލްގެ މުވައްޒަފުންގެ އަމިއްލަ ޒާތީ މަޢުލޫމާތު ބެލުމުގެ ތުހުމަތުގައި އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި އެޕަލްގެ މައްޗަށް އެ ކުންފުނީގެ މުވައްޒަފަކު އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ އެޕަލްއިން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ވަސީލަތްތަކާއި އައިކްލައުޑް އެކައުންޓްތައް ޤާނޫނާ ޚިލާފަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މުސާރައާއި މަސައްކަތުގެ މާޙައުލާ ބެހޭގޮތުން މުވައްޒަފުންނަށް ވާހަކަ ދެއްކުން މަނާކޮށްފައ...