އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ފިކަޕެއް އެސްޓީއޯއިން ހަދިޔާކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހއ. އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ޕިކަޕެއް އެރަށު ކައުންސިލަށް ހަދިޔާކޮށްދީފިއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މަސްވެރިންނަށް ބޭނުންވާ އައިސް އުފުލުމަށް މިފަދަ ބޮޑު އެހީއެއް ވެފައިވާތީ، މަސްވެރިންނާއި އެ ކައުންސިލުގެ ފަރާތުން އެސްޓީއޯގެ މެނޭޖްމެންޓަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އިހަވަންދޫ އަކީ ރާއްޖޭގެ އުތުރުގެ މަސްވެރިކަމަށް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ އެރަށުގެ މަސްވެރިންގެ ބައިވެރިވުމާއެކު އިގްތިސޯދީ ގުދުން ފުދުންތެ...