އުރީދޫ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފި
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް ސްމާޓް ވޮޗަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މި އައު ޚިދުމަތާއެކު ކަސްޓަމަރުންނަށް މޮބައިލް ފޯނު ކައިރީގައި ނެތް ވަގުތުތަކުގައިވެސް ސްމާޓް ވޮޗުން ސީދާ ގުޅާލެވޭނެއެވެ. މި ޚިދުމަތް ލިބޭނީ ރާއްޖޭގައި ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ. މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި، ޓެކްސްޓް މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން އެކި އެޕްލިކޭޝަންތަކާ ގުޅިފައި ތިބުމުގެ ފުރުސަތު ކަސ...