މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 32 ވަނަ ޞަފްޙާ

އަޟްހާ ޢީދަށް އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް

އަޟްހާ ޢީދަށް އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިއުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފިއެވެ. އެ ކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި މި ޢީދުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އޮފާތައް ލިބިގެންދާނެއެވެ. މި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށްއަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސ...

އަޙްމަދު ވަހީދު
އެމްޓީސީސީގެ ބަސްތައް މަގުމަތިކޮށް، ޕާކުކުރަމުން އައި ބިން ޑިންގީ އެސޯސިއޭޝަން އަށް

އެމްޓީސީސީގެ ބަސްތައް މަގުމަތިކޮށް، ޕާކުކުރަމުން އައި ބިން ޑިންގީ އެސޯސިއޭޝަން އަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުކުރަމުން އައި ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗުޑީސީ) ޑިންގީ އެސޯސިއޭޝަންއަށް ދީފިއެވެ. މާލޭ ސަރަހައްދުގެ ގިނަ ބައެއް ބޭނުން ކުރަމުން އަންނަ ބަސްތައް މިހާރު ޕާކުކުރަން ޖެހެނީ ފިތުރޯނު މަގުގައެވެ. މި މަގަކީ ބާރު ބޮޑު މަގަކަށް ވުމުން ބޭނުން ކުރާ ފަރާތްތަކަށް ވެސް އުނދަގޫތަކާ ކުރިމަތިވަމުން ދާކަން ފާހަގަކުރެވެއެވެ. އަދި 25 އަށްވުރެ ގިނަ ބަސް މަގުމަތީގައި ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން ބަސްތައް […]

އަލީ އާދިލް
އެމްޓީސީސީގެ އާއްމު ޖަލްސާ މި މަހު 17 ގައި ބާއްވަނީ

އެމްޓީސީސީގެ އާއްމު ޖަލްސާ މި މަހު 17 ގައި ބާއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ. އެރޭ 20:30ގައި ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ބާސެލޯ ނަސަންދުރަގައެވެ. އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ހިއްސާދާރުންނަށް ފަހި ވޯޓު މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އޭޕްރިލް މަހުގެ 27ގެ ނިޔ...

ޔުމްނާ ޢަލީ
މިދިޔަ މަހުގެ ބިލު ތައްޔާރު ކުރީ އަގުހެޔޮ ޓެރިފް ރޭޓުގައި: ސްޓެލްކޯ

މިދިޔަ މަހުގެ ބިލު ތައްޔާރު ކުރީ އަގުހެޔޮ ޓެރިފް ރޭޓުގައި: ސްޓެލްކޯ

މިދިޔަ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ގެނެވުނު ބަދަލެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނީ، މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރެވިގެން ދާނީ މި އައު ޓެރިފް ރޭޓްތަކަށް ކަމަށ...

އިބްރާހިމް އަސްވާޤް
މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ. އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭންކު ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، އަދި ލައިސަންސް ދިނުމުގެ މަރުހަލާއެވެ. ލައިސަންސްއަށް އެދ...

އިބްރާހިމް އަސްވާޤް
އެންމެ އުފާވެރި ދުވުން "އުރީދޫ ފަން ރަން" އަށް ތައްޔާރު؟ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އެންމެ އުފާވެރި ދުވުން "އުރީދޫ ފަން ރަން" އަށް ތައްޔާރު؟ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން ކަމަށްވާ “އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީ” ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރުގެ ފަން ރަން އޮންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓްގެ އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން 210 ރުފިޔާގެ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 110 ރުފިޔާގެ ފަން ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑުގެ އިތުރުން […]

އިބްރާހިމް އަސްވާޤް
ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ މައުލޫމާތު އާންމު ކުރާނަން: ފަހުމީ

ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ މައުލޫމާތު އާންމު ކުރާނަން: ފަހުމީ

މިއަދު ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލައިގެ ސަބަބުން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ކެނޑުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ދެނެގަނެ ފަހުން އާންމުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި ފަހުމީ ވަނީ ކަރަންޓު އ...

ޔުމްނާ ޢަލީ
މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އިތުރު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަމާގުޅޭ މައުލޫމާތު ދިނުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް 15:30 ގައި ބާއްވަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.  

ޔުމްނާ ޢަލީ
ޖަނަރޭޓަރުތައް ޖައްސަން ފަށައި، ދަރުމަވަންތަ އާއި އައިޖީއެމްއެޗަށް ކަރަންޓް ދީފި

ޖަނަރޭޓަރުތައް ޖައްސަން ފަށައި، ދަރުމަވަންތަ އާއި އައިޖީއެމްއެޗަށް ކަރަންޓް ދީފި

މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. ކަރަންޓް ދިނުމުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށެވެ. މީގެ އިތުރުން ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާކަމަށް ވެސް އެ ކުންފުނ...

ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ”ދިމާވި މައްސަލަ ބަލަމުން ދަނީ، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ ޓޯޓަލް ބްލެކްއައުޓެއްގައި” ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ. އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަ...

ޔުމްނާ ޢަލީ
މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި

މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒު ބޮޑުކުރަން ފެނަކަ އާއި ހަވާލުކޮށްފި

ހއ. މުރައިދޫ، ތަކަންދޫ، މޮޅަދޫ އަދި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒު އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާޢިލް ޝަރީފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ. މި މަޝްރޫޢުގެ ދަށުން، މި 4 ރަށުގެ އިތުރުން ރާއްޖެތެރޭ އަތޮޅުތަކުގެ ތެރެއިން 5 […]

އައިޝަތު އައިނީ އާމިރު
ޝަހީރު އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށްފި

ޝަހީރު އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ. މި މަގާމަށް ޝަހީރު މިއަދު އައްޔަންކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފައެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރެވުނު އަހުމަދު ނާސިފް، މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަ...

ޔުމްނާ ޢަލީ
ސްމޯލް ޓެލްކޯ އޮފް ދަ އިޔަރގެ އެވޯޑު މިއަހަރު ވެސް އުރީދޫ އަށް

ސްމޯލް ޓެލްކޯ އޮފް ދަ އިޔަރގެ އެވޯޑު މިއަހަރު ވެސް އުރީދޫ އަށް

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސްގެ ޝަރަފު ވިދި ވިދިގެން ދެވަނަ އަހަރު ލިބިއްޖެއެވެ. މި އެވޯޑަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގައި ވާދަކުރަނީ އާބާދީ 2 މިލިއަން ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓަރުންނެވެ. މިއަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސް އަށް މި […]

އިބްރާހިމް އަސްވާޤް
ޓޭމޫއިން އޯޑަރު ކުރާ ކުދިން ސަމާލުވޭ! ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖު ކުރަނީ

ޓޭމޫއިން އޯޑަރު ކުރާ ކުދިން ސަމާލުވޭ! ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖު ކުރަނީ

މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކަސްޓަމަރުން ސަމާލުވުމަށް އެދެފި އެވެ. މި މެސެޖުތަކުގައި އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ ލިންކުތަކެއް ހިމަނާފައިވާއިރު، މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މިފަދަ މެސެޖެއް ނުފޮނުވާނެކަން އަންގައިދީފައިވެއެވެ. “މޯލްޑިވްސް ޕޯސްޓް ޑެލިވަރީ ރިމައިންޑަރ: ލޮބުވެތި ކަސްޓަމަރު، އަޅުގަނޑުމެން ތިޔަބޭފުޅާގެ ޕެކޭޖު ޑެލިވަރކުރަން ގިނަ ފަހަރު މަތިން މަސައްކަތްކޮށްފީމެވެ. ނަމަވެސް ތިޔަބޭފުޅާގެ އެޑް...

އިބްރާހިމް އަސްވާޤް
ބޭންކިން ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި

ބޭންކިން ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަށް ދީފިއެވެ. މަރުކަޒީ ބޭންކުން މި ހުއްދަ ދޫކޮށްފައި ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށް މި ހުއްދަ ދޫކުރީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ […]

ޙުސައިން ޝަހުދީ