ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީން ފަށައިފި
ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރު މުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ކޮންޓެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އެވެ. ފިޔޯރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ޑީސީޕީ) ރިޓަޔަރޑް އަޙުމަދު ސައުދީއެވެ. 80 ހެކްޓަރުގެ ފިޔޯރީގައ...