މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 36 ވަނަ ޞަފްޙާ

އުރީދޫން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ހިއްސާދާރުންގެ 99 ޕަސެންޓުގެ ވޯޓުންނެވެ. މި ޖަލްސާގައި ކުންފުނީގެ 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. މިއަހަރު ބަހަން ނިންމި އަދަދަކީ 2023 ވަނަ އަހަރު ބެހި 3.27 ރުފިޔާއަށްވުރެ 16 ލާރި އިތުރު އަދަދެކެވެ. ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، ޖަލްސާގައި އުރީދޫގެ […]

ޔުމްނާ ޢަލީ
ބޭނުންކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފި

ބޭނުންކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފި

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފިއެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. މި ހިސާބުން ދައްކާގޮތުގައި އަހަރު ފެށުނުއިރު ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 708.1 މިލިޔަން ޑޮލަރުގައި ނަމަވެސް ފެބްރުއަރީ މަހުގެ ނިޔަލަށް މި އަދަދު […]

ޔުމްނާ ޢަލީ
އައިފޯން 17 އެއަރގެ ސައިޒާއި އިތުރު މައުލޫމާތު ލީކްވެއްޖެ

އައިފޯން 17 އެއަރގެ ސައިޒާއި އިތުރު މައުލޫމާތު ލީކްވެއްޖެ

އެޕަލްގެ އެންމެ ތުނި ސްމާޓްފޯނަށް ވެދާނެކަމަށް ބެލެވޭ އައިފޯން 17 އެއަރގެ ވަރަށް މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެއެވެ. ލީކްސްތަކުން ދައްކާގޮތުގައި މި ފޯނުގެ ބޯމިން ވަނީ އެންމެ 5.5 މިލިމީޓަރަށް ކަމަށްވާއިރު، އޭގެ ދިގުމިނާއި ފުޅާމިން އައިފޯން 17 ޕްރޯ މެކްސްއާ އެއްވަރުވާނެ ކަމަށް ބެލެވެއެވެ. އެކްސް (ކުރީގެ ޓްވިޓަރ) ގައި ޔުނިވަރސްއައިސް ހާމަކުރިގޮތުގައި މި ފޯނުގައި 6.9 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެއެވެ. އައިފޯން 16 ޕްރޯ މެކްސްގައި ހުންނަފަދަ ތުނި ބެޒަލްތަކެއް މި ފޯނުގައިވެސް ހުންނާނެއެވެ. […]

އަޙްމަދު ދާއޫދު
އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާ!

އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާ!

މިއަހަރުގެ ރަމަޟާން މަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ “ރޯދައިގެ ނޫރު” ނަމުގައި ޚާއްޞަ ކެމްޕޭނެއް ތަޢާރަފުކޮށްފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރަމަޟާން މަހުގެ މާތްކަމާއި އިސްލާމީ އަޚްލާޤުތައް އުނގަންނައިދިނުމެވެ. “ރޯދައިގެ ނޫރު” ކެމްޕޭނުގައި ފީޗަރކުރަނީ “ނޫރު” ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. މި ކެމްޕޭނުގައި ދައްކުވައިދެނީ ނޫރު އޭނާގެ ފުރަތަމަ ފުރިހަމަ ރޯދަމަސް ތަޖުރިބާކުރާ ގޮތެވެ. ނޫރުގެ ބައްޕަ އޭނާއަށް ހަދިޔާކުރާ “ރޯދައިގެ ނޫރު” ފޮތުގެ ޒަރީޢާއިން، ނޫރަށް އ...

އިބްރާހިމް އަސްވާޤް
މިފްކޯގެ ސީއީއޯ އަކަށް ފަރުޙަތު ޢައްޔަނުކޮށްފި

މިފްކޯގެ ސީއީއޯ އަކަށް ފަރުޙަތު ޢައްޔަނުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައި ވާކަމަށެވެ. ފަރުހަތު ވަނީ ރައީސް އަބުދުއްﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސ...

ޔުމްނާ ޢަލީ
ސްޓެލްކޯއިން އޮޅުވާލުމުގެ ނިޔަތުގައި ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ފަހުމީ ދެއްވައިފި

ސްޓެލްކޯއިން އޮޅުވާލުމުގެ ނިޔަތުގައި ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ފަހުމީ ދެއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ދެއްވައިފިއެވެ. ފަހުމީ މިފަދައިން ވިދާޅުވެފައިވަނީ، ކައިރި ކައިރީގައި ދެ ބިލު ފޮނުވުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތައް އޮޅުންފިލުވައިދިނުމުގެ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެކެވެ. “ސްޓެލްކޯއިން އެއްވެސ...

ޔުމްނާ ޢަލީ
އެސްޓީއޯއިން އަނެއްކާވެސް ކާށިގެނެސް ވިއްކަން ފަށައިފި

އެސްޓީއޯއިން އަނެއްކާވެސް ކާށިގެނެސް ވިއްކަން ފަށައިފި

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދެވަނަ ފަހަރަށް ކާށިގެނެސް ވިއްކަން ފަށައިފިއެވެ. ކާއްޓަކީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހު އަގު މައްޗަށްދާ ބާވަތެކެވެ. ވުމާއިއެކު ރައްޔިތުންނަށް އަގުހެޔޮކޮށް ކާށި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެސްޓީއޯއިން ވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން ކާށި އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. އިންޑިއާއިން އެތެރެކުރި ފުރަތަމަ...

އިބްރާހިމް ޚަލީލް
އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭ ބޮޑު މިސްކިތް އޭސީކޮށް އާބާތުރަ ފިލުވައިފި

އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭ ބޮޑު މިސްކިތް އޭސީކޮށް އާބާތުރަ ފިލުވައިފި

މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން “ގަތަރު ޗެރިޓީ” އާއި ގުޅިގެން ކުރުމަށްފަހު ރޯދަމަހުގެ ކުރިން 27 ފެބުރުއަރީ ވަނަ ދުވަހު ހުޅުވައިފިއެވެ. މިސްކިތް އަލުން ހުޅުވުމަށްޓަކައި 27 ފެބުރުއަރީގައި މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގައި ރަސްމިއްޔާތެއް ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ […]

އިބްރާހިމް އަސްވާޤް
އުރީދޫއާއެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް

އުރީދޫއާއެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް

މި ރޯދަމަހު އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްޞަ ގިނަ އޮފަރތަކަކާއި އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް ހިމެނޭ އިނާމުތަކެއް ތަޢާރަފުކޮށްފި އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރީއަހަރުތަކުގެ ރޯދަމަހެކޭ އެއްފަދައިން މި ރޯދަމަހުވެސް، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ އެތައް ކަމެއް ތައާރަފް ކުރުމަށް ވަނީ ތައްޔާރުވެފައެވެ. މި އޮފަރތަކަކީ ގާތް ނުވަތަ ދުރުގައި ވިޔަސް ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާ ގާތް ގުޅުމެއް ދެމެހެއްޓޭނެގޮތަކަށް ފަރުމާ...

އިބްރާހިމް އަސްވާޤް
ސްޓެލްކޯގެ އިސްވެރިންނާއެކު 350 މުވައްޒަފުން ރީޑިން ނަގަން ނުކުންނަނީ

ސްޓެލްކޯގެ އިސްވެރިންނާއެކު 350 މުވައްޒަފުން ރީޑިން ނަގަން ނުކުންނަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާދަމާ ރީޑިން ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަން ނިންމައިފިއެވެ. މި އޮޕަރޭޝަންގައި ކުންފުނީގެ އިސްވެރިންނާއެކު 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ، މާލޭ ސަރަހައްދުގެ ކަރަންޓު މީޓަރުތަކުގެ ރީޑިން ނަގަން ނުކުންނާނެއެވެ. ސްޓެލްކޯއިން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ މަޤްޞަދަކީ ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވި ހުރި ދުވަސްތަކަށް ބިލް ކުރުމެވެ. މުޅި މާލޭ ސަރަހައްދުގެ ރީޑިން ނެގުމަށް 12 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް […]

ޔުމްނާ ޢަލީ
އެމްއެމްއޭ އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފި

އެމްއެމްއޭ އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ފަށާފައިވާ ‘ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް’ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް...

ޔުމްނާ ޢަލީ
ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި

ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި

ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށާއި، ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ކަށަވަރުކޮށްދީފިއެވެ. މަސައްއަކަތުގެ ސުލޫކާއި އަޚްލާޤްގެ މައްސަލަތަކެއްގައި އެ ކުންފުނިން ވަކިކުރި މުވައްޒަފަކާއި ހަވާލާދީ، އެ ކުންފުނީގެ ވެރިންނާއި ކުންފ...

ޔުމްނާ ޢަލީ
ރޯދަމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް

ރޯދަމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް

ކުރިއަށް އޮތް ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށްވުމުން، ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަ...

ޔުމްނާ ޢަލީ
ސަމާލުވޭ! އެސްޓީއޯ ސްޕަރމާޓް ނަމުގައި ފޭކް ޕޭޖެއް

ސަމާލުވޭ! އެސްޓީއޯ ސްޕަރމާޓް ނަމުގައި ފޭކް ޕޭޖެއް

ސްޓޭޓް ޓްރޭޑިން އޯގަނަައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިއެއް ގޮތަށް ދައްކަައި ‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގަމުން އަންނާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ. ‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ހިންގަނީ ފޭކް ފޭސްބުކް ޕޭޖެއްކަން ބަޔާންކޮށް އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އޮފިޝިއަލް ޕޭޖަކީ ‘’އެސްޓީއޯ ޕީޕަލްސް ޗޮއިސް ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވެ، މިފަދަ ކަމެއް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.  

ޔުމްނާ ޢަލީ
ޕްރައިޒް ޕޫލް ހިމެނޭހެން އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހުކުރު ދުވަހު

ޕްރައިޒް ޕޫލް ހިމެނޭހެން އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހުކުރު ދުވަހު

އުރީދޫ މޯލްޑިވްސްގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ “އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް” މި މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ނިންމާ އިއުލާނުކޮށްފިއެވެ. މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިންމުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ފެސްޓިވަލްގައި ޖުމްލަ 240،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނެއެވެ. ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) […]

އިބްރާހިމް އަސްވާޤް