މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 245 ވަނަ ޞަފްޙާ

އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ

އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ

އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ. އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު “ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެކުންފުނިން އާންމުކޮން އަންގާ އިޢުލާން ކުރާނެކަމަށެވެ. އެސްޓީއޯއިން އަންނަނީ މީގެ ކުރިންވެސް […]

އިބްރާހިމް އަސްވާޤް
މިހާރު ކްރެޑިޓް ނެތި ގުޅާލިޔަސް މިސްކޯލެއް ދެވޭނެ، އެކަމަކު އުރީދޫ ނަންބަރުތަކުން

މިހާރު ކްރެޑިޓް ނެތި ގުޅާލިޔަސް މިސްކޯލެއް ދެވޭނެ، އެކަމަކު އުރީދޫ ނަންބަރުތަކުން

ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިސްޑް ކޯލް ދެވޭ ހިދުމަތެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. އުރީދޫއިން ބުނީ މި ހިދުމަތް ލިބިވަޑައިގަންނަވާނީ އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށްކަމަށެވެ. މިއާއި އެކު އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް ބެލެންސް ނެތް ވަގުތެއްގައި އާއިލާއާއި ރައްޓެހިންނާއި ދުރުގައި ވީނަމަވެސް މިސްޑް ކޯލް އެއް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށެވެ. މި ހިދުމަތް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަންއެއް ނުވަތަ އެކްޓިވޭޝަންއެއް ވެސް ބޭނުމެއް ނުވާނެއެވެ. މިއީ މުޅި...

އިބްރާހިމް އަސްވާޤް
މިދިޔަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއް!

މިދިޔަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއް!

2019 ވަނަ އަހަރަކީ ބީއެމްއިލްއިން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާއަށް އަލިއަޅުއްވާލައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2019 ވަނަ އަހަރުވެގެން ގޮސްފައިވަނީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރަކަށް ކަމަށެވެ....

އަލީ އަހުސަން
އުރީދޫއިން ވިއްކާ ނޯޓް 20ގެ ފޯނުތަކަށް ރަށުގައި ހުރެގެން ވެސް ޕްރީއޯޑަރު ކުރެވޭނެ

އުރީދޫއިން ވިއްކާ ނޯޓް 20ގެ ފޯނުތަކަށް ރަށުގައި ހުރެގެން ވެސް ޕްރީއޯޑަރު ކުރެވޭނެ

ކަސްޓަމަރުންނަށް ހާއްސަ އޮފާއަކާއި އެކު ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 ސީރީޒްގެ “ގެލެކްސީ ނޯޓް 20” އާއި “ނޯޓް 20 އަލްޓްރާ 5ޖީ” ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި އެވެ. މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް “މޫލީ” މެދުވެރިކޮށްގެންނެވެ. މި ފޯނުތަކަށް އޯޑަރު ކުރެއްވުމަށް އަތޮޅު ތަކުގައި ތިއްބެވި އުރީދޫގެ ކަސްޓަމަރުންނަށް ވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. އެ ކަސްޓަމަރުންނަށް ވެސް އުރީދޫގެ […]

ޔުމްނާ ޢަލީ
އެސްޓީއޯގެ ބޯޑަށް، ރުޝްމާ

އެސްޓީއޯގެ ބޯޑަށް، ރުޝްމާ

ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބުކުރުމަށް ފާސްކޮށްފިއެވެ. އެ ކުންފުނީގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ފާސްކުރީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި  އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ. އެ ޖަލް...

ޔުމްނާ ޢަލީ
ނާގޯށި ހަދަން ހަވާލުކުރި އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަނީ

ނާގޯށި ހަދަން ހަވާލުކުރި އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަނީ

ނާގޯށި ހަދަން ހަވާލުކުރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ނިންމައިފިއެވެ. މިއީ އެކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހާތާ 11 އަހަރު ދުވަސް ފަހުން ފުރަތަމަ ފަހަރަށް ހިއްސާގެ ފައިދާ ބަހަން ނިންމި ފަހަރެވެ. އެކުންފުނިން މިގޮތަށް ނިންމާފައި ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ “ފަހި ވޯޓު” ޕޯޓަލް މެދުވެރިކޮށް ރޭ ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެމްޓީޑީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.2 މިލިއަނ...

އަލީ އާދިލް
އެސްޓީއޯ ހިއްސާއަކަށް 58 ރުފިޔާ ބަހަނީ

އެސްޓީއޯ ހިއްސާއަކަށް 58 ރުފިޔާ ބަހަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި  އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ. އެ ޖަލްސާގައި ބައިވެރިވި އާއްމު މެންބަރުގެ ވޯޓުން […]

އަޙްމަދު ވަހީދު
"1ހާސް1ހާސް" ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

"1ހާސް1ހާސް" ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “1ހާސް1ހާސް” ޕްރޮމޯޝަނުގެ ތިންވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމްޑަބްލިއުއެސްސީީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފަ އެވެ. އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގުދު...

އަޙްމަދު ވަހީދު
ބެސްޓް ބަޑީ އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ

ބެސްޓް ބަޑީ އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ

ބެސްޓް ބަޑީ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާސްކް ހިލޭ ދިނުމަށް ނިންމައިފި އެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ކޯވިޑް19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އައުމާއި ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ދަނޑިވަޅަކަށް ވުމާއިއެކު ބެސްޓްބަޑީގެ ފިހާރަތަކުން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. މިގޮތުން ބެސްޓް ބަޑީއިން 6000 މާސްކު ކަސްޓަމަރުންނަށް ބަހަނ...

އިބްރާހިމް އަސްވާޤް
އޮންލައިން ވިޔަފާރިތަކަށް "ލިސްޓިން ވެބްސައިޓެއް" ހަދަނީ

އޮންލައިން ވިޔަފާރިތަކަށް "ލިސްޓިން ވެބްސައިޓެއް" ހަދަނީ

އޮންލައިންކޮށް ހިދުމަތްދޭ ވިޔަފާރިތައް “ލިސްޓިން ވެބްސައިޓެއް” ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރެވޭ މަސައްކަތެކެވެ. ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހ...

އިބްރާހިމް އަސްވާޤް
"1ހާސް1ހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި

"1ހާސް1ހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “1ހާސް1ހާސް” ޕްރޮމޯޝަނުގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމްޑަބްލިއުއެސްސީީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފަ އެވެ. އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގ...

އަޙްމަދު ވަހީދު
އެސްޓީއޯ ހިއްސާއަކަށް 58 ރުފިޔާ ބަހަން ހުށަހަޅަން ފާސްކޮށްފި

އެސްޓީއޯ ހިއްސާއަކަށް 58 ރުފިޔާ ބަހަން ހުށަހަޅަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ފާސްކޮށްފިއެވެ. އެސްޓީއޯއިން ބުނީ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައިވާ އޭޖީއެމްގެ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ޖަލްސާގ...

އިބްރާހިމް އަސްވާޤް
"ސްޓެލްކޯ ފެން" ބާޒާރުގައި ޑިސްޓްރިބިއުޓް ކުރާނެ ފަރާތްތައް ހޯދަނީ

"ސްޓެލްކޯ ފެން" ބާޒާރުގައި ޑިސްޓްރިބިއުޓް ކުރާނެ ފަރާތްތައް ހޯދަނީ

ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އުފައްދާ ބައި ޕްރޮޑަކްޓެއް ކަމަށްވާ “ސްޓެލްކޯ ފެން” ބާޒާރުގައި ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްޓެލްކޯއިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފެން ޑިސްޓްރިބިއުޓު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކުންފުނީގެ މައި އިދާރާއަށް ގޮސް މައުލޫމާތު ސާފުކޮށް މި މަހުގެ 27 ގައި ޕްރޮޕޯސަލް ހުށަހަޅަން […]

އިބްރާހިމް އަސްވާޤް
10 ރަށެއްގެ އިންޖީނުގެއަށް ތެޔޮ އަޅާނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި

10 ރަށެއްގެ އިންޖީނުގެއަށް ތެޔޮ އަޅާނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި

އަތޮޅުތަކުގެ 10 ރަށެއްގައި ރަށު ބަނދަރުން އެ ރަށް ރަށުގެ ފެނަކަ އިންޖީނުގޭގެ ތެޔޮ ތާންގިތަކަށް ތެޔޮ އަޅައި ދޭނެ ބަޔަކު ހޯދަން ސަރުކާރު ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިއުލާނު ކޮށްފި އެވެ. އެފްއެސްއެމް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ފެނަކަ އިންޖީނުގެތަކަށް ޑީސަލް ޑެލިވަރީ ކޮށްދޭނެ ފަރާތްތައް ބޭނުންވާ ރަށްތަކީ ހއ. މާރަންދޫ އާއި ތ. ވިލުފުއްޓާއި އެ އަތޮޅު މަޑިފުއްޓާއި ތިމަރަފުއްޓާއި ށ. ކަނޑިތީމާއި އެ އަތޮޅު މިލަންދޫ […]

އަލީ އާދިލް
ކާޑުތަކުން 2 ފަހަރަށް ފައިސާ ކެނޑުނީ އޮޅިގެން: ބީއެމްއެލް

ކާޑުތަކުން 2 ފަހަރަށް ފައިސާ ކެނޑުނީ އޮޅިގެން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކަކުން 2 ފަހަރަށް ފައިސާ ކެނޑިފައި ވަނީ އޮޅުމަކުން ކަމަށާއި މައްސަލަ ހައްލު ކުރަމުން ގެންދާ ކަމަށް އެބޭންކުން ބުނެފިއެވެ. ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ބޮޑެތި އަދަދުތަކެއް ދެ ފަހަރަށް ކެނޑިފައިވާތީ އެކަމާ ގުޅިގެން ގިނަ ކަސްޓަމަރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ބޭންކަށް ފާޑުކިޔަމުންނެވެ. ބީއެމްއެލުން ބުނީ، ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެ...

އަލީ އާދިލް