މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "1ހާސް1ހާސް" ޕްރޮމޯޝަނުގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމްޑަބްލިއުއެސްސީީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފަ އެވެ.
އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގުދު ފައިސާއިން ބިލު ދައްކާ ފަރާތްތަކަށް ވެސް ޕްރޮމޯޝަނުގެ ބައިވެރިވެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައި އެވެ.
Congratulations to #1Haas1Haas Promotion week 1 & 2 winners. This promotion will last till 30th September 2020. Be sure to pay your water bill through #MWSCApp and to pay all the outstanding bill amount. pic.twitter.com/SsF8fJgJSN
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) August 21, 2020
ކޮންމެ ހަފުތާއަކު ވެސް 10 ނަސީބުވެރިން ހޮވާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވިގެން، އިނާމު ލިބޭނީ އެވަގުތެއްގައި އެ ފެން މީޓަރެއް ބޭނުންކޮށް، ބިލު ދައްކާ ފަރާތަކަށް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ. އަދި ގުރުއަތުގައި ހިމެނޭ ފޯނު ނަންބަރަކީ އެޕް ނުވަތަ ޕޯޓަލްގައި ރަޖިސްޓްރީކުރާއިރު ނުވަތަ ކައުންޓަރުން ފައިސާ ދައްކާއިރު ކައުންޓަރަށް ދިން ފޯނު ނަންބަރެވެ.

އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކުވެސް 10 ނަސީބުވެރި ފަރާތް ހޮވާނެ އެވެ. މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ފަރާތްތަކާއި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުންގެންދާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!