އޮންލައިންކޮށް ހިދުމަތްދޭ ވިޔަފާރިތައް "ލިސްޓިން ވެބްސައިޓެއް" ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

Ad
rt

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫއެންޑީޕީ އަޒަރުބައިޖާންއާއެކު ވެވުނު ޕާޓްނަޝިޕެއްގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން 'ލިސްޓިން ވެބްސައިޓެއް' ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ވެބްސައިޓްގެ ޒަރިއްޔާއިން އެފަދަ ވިޔަފާރިތަކަށް ވެބްސައިޓްގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ތައުލީމާއި، ސިއްހަތާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމުގެ ހިދުމަތް ފަދަ ހިދުމަތްތައް ހިމެނޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ޑިޖިޓަލް ވިޔަފާރިއެއް ފަށައިގަތުމާއި ގޭގައި ތިބެގެން ވިޔަފާރިއެއް ހިންގަން ކަންކުރަންވީގޮތުގެ އިރުޝާދުތަކާއި މައުލޫމާތުތައް ބަދަލުވަމުންދާ މާހައުލާއި، ގާނޫނާއި ގަވާއިދުތަކަށް ރިޢާޔަތްކުރުމަށްފަހު މި ވެބްސައިޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ މި ވެބްސައިޓްގައި ފުރަތަމަ ބެޗްގައި ރެޖިސްޓަރ ކުރުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގ15:00 އެވެ. އޮންލައިކޮށް ފޯމް ފުރުމަށްފަހު އީމެއިލް ކުރެވޭނެ އެވެ.

ގޫގުލް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/cbtEw23RwfYSMNUt5