މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 219 ވަނަ ޞަފްޙާ

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑުތަކުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު އާ ޕްލޭންތަކެއް

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑުތަކުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު އާ ޕްލޭންތަކެއް

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ކުރެވޭ ގޮތް ހެދުމާއެކު އާ ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ. ޑޭޓާ ރޯލްއޯވާ ހިދުމަތަކީ މަހުގެ ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގެ ޑޭޓާގެ ތެރެއަށް އިތުރުވާގޮތަށް އުރީދޫން ތައާރަފު ކުރި ހިދުމަތެކެވެ. މި ހިދުމަތް ތައާރަފު ކުރީކޮވިޑް-19އާ ގުޅިގެން އިންޓަނެޓު ބޭނުން ކުރަން ޖެހޭވަރު އިތުރުވެފައިވާތީ ކަމަށެވެ. މި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް […]

އަޙްމަދު ވަހީދު
އާޓިފިޝަލް ބީޗުގެ ރޭމްޕް ހަދައި ނިންމާލައިފި

އާޓިފިޝަލް ބީޗުގެ ރޭމްޕް ހަދައި ނިންމާލައިފި

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެންމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާޓިފިޝަލް ބީޗުގައި ހަދަންފެށި ރޭމްޕުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މި މަސައްކަތަކީ މުޖުތަމައުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްފަސޭހަ ކަމާއެކު ގޮނޑުދޮށަށް ފައިބާ އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަ...

އަޙްމަދު ވަހީދު
ހިންނަވަރު ބަނދަރު އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކުތައް ގެންގޮސްފި

ހިންނަވަރު ބަނދަރު އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކުތައް ގެންގޮސްފި

ޅ. ހިންނަވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓު އެލް ބްލޮކުތައް ހިންނަވަރަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މިހާރު ކ. ތިލަފުށިން އެލް ބްލޮކްތައް ހިންނަވަރަށް ގެންގޮސް، ހިންނަވަރަށްއެ ތަކެތި ލޯޑު ކޮށްފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި 421 މީޓަރުގެސަރަޙައްދެއްގަ...

އަޙްމަދު ވަހީދު
އެސްޓީއޯއިން ރޭޑިއޮލޮޖީ ކޯސް ފަށަން ހުއްދައަށް އެދިއްޖެ

އެސްޓީއޯއިން ރޭޑިއޮލޮޖީ ކޯސް ފަށަން ހުއްދައަށް އެދިއްޖެ

އެސްޓީއޯއިން ތައާރަފު ކުރި ރޭޑިއޮލޮޖީ ޑިޕްލޮމާ ކޯސް ފަށަން ހުއްދައަށް އެދިއްޖެއެވެ. އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި އެމްކިޔުއޭގެ ހުއްދަ ހޯދަން މިހާރު އެދިފައިވާކަމަށެވެ.  މި ކޯހުގެ ހުއްދަ ލިބުމާއެކު ފުރަތަމަބެޗުގައި 20 ކުދިންނަށް ފުރުސަަތު ހުޅުވާލާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ކޯހަކީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެސްޓީއޯއިން ފަށާ ކޯހެކެވެ. އަދި ޖެނެރަލް އިލެކްޓްރޯނިކް ހެލްތު ކެއާއާ ގުޅިގެން މިހާރު ވަނީ މި ކޯހަށް ބޭނުންވާ ލެބޯޓްރީއަކާއިތަމްރީނު މަ...

އަޙްމަދު ވަހީދު
ދ. މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ދ. މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ވެސް ކުރިއަށްގެންދަނީ ރާއްޖޭގެ ގިނަ އަދަދެއްގެ އުމްރާނީ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރޭމްޕެއްހެދުމާއި، 1,470  އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަ...

އަޙްމަދު ވަހީދު
ފުޅަދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެނެސްފި

ފުޅަދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެނެސްފި

ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓު މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައު މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 108 މ...

އަޙްމަދު ވަހީދު
ކޮރަޕްޝަން ހިންގި ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ފެނަކަ

ކޮރަޕްޝަން ހިންގި ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ފެނަކަ

ކޮރަޕްޝަނުގެ ތުހުމަތުކޮށް ފަތުރަމުން އަންނަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަން މައްސަލަތަކެއް އުޅެ ކަމަށް ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ފެތރެން ފެށުމުންނެވެ. މިކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔ...

އަޙްމަދު ވަހީދު
މާލެ، ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލެއް

މާލެ، ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލެއް

މާލެ އާއި ހުޅުމާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ސްޓޭޝަންތަކުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 8:30ންހަވީރު 4:00 ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 8:30ން 11:30އަށް އަދި މެންދުރު 2:00ން ހަވީރު 4:00 ކަމަށެވެ. މި ބަދަލު ގެނައީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން […]

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް

އެމްޑަބްލިއުއެސްސީން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް

މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ. އެކުންފުނިން މި ޓެކްސީ ސްޓޭންޑް ހެދީ އެ ކުންފުނީގެ ގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް ހަދާގައިވާ މި ޓެކްސީ ސްޓޭންޑަކީ 1.25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓެކްސީ ސްޓޭންޑެކެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓެކްސީ ސްޓޭންޑެއް ހެދީ އައިޖީއެމްއެޗް ދޮރާށި ކައިރިން ޓެކްސީގެ ހިދުމަތް ހޯދަންއާއްމު...

އަޙްމަދު ވަހީދު
ލަންދޫ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމެނީ

ލަންދޫ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމެނީ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރ ބޭސިން ފުންކުރުމުގެ 96 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާތަނަށް މުޅި މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދ...

އަޙްމަދު ވަހީދު
ގިރިފުށީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ގިރިފުށީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެސީއީއޯ އާދަމް އާޒިމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ. މި މަޝްރޫއުގެ ދަށުން، ގިރިފުށީގައި 314 މީޓަރުގެ ސަރަހައްދެއްގައި ބޭރު...

އަޙްމަދު ވަހީދު
އުކުޅަހު ބަނދަރު އަލުން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

އުކުޅަހު ބަނދަރު އަލުން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

އއ. އުކުޅަހުގައި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ނިންމައިލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ 27 ގައެވެ. މި މަޝްރޫއުގެ ދަށުން ފުންކޮށްފައިވަނީ 19،630 ކިއުބިކް މީޓަރުގެ ސަރަހަައްދެކެވެ. މީގެ އިތުރުން 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމ...

އަޙްމަދު ވަހީދު
މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރި ވަރަށްވުރެ 16.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މިދިޔަ އަހަރުގެ މެއި މަހު އެ އިދާރާއިން ބަލައިގަތް އާމްދަނީއަށްވުރެ 283.6 އިންސައްތައިގެ އިތުރުވުމެކެވެ. މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19އާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލކެ […]

އަޙްމަދު ވަހީދު
ޔޫރޯ 2020: ނަތީޖާ ދިމާކޮށްގެން "ޕިއްޒާ ކިޗަން" ގެ މީރު ޕިއްޒާއެއް!

ޔޫރޯ 2020: ނަތީޖާ ދިމާކޮށްގެން "ޕިއްޒާ ކިޗަން" ގެ މީރު ޕިއްޒާއެއް!

މިހާރު ފެށިގެން ފޯރިއާއި އެކު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތާއި ދިމާކޮށްގެން “ޕިއްޒާ ކިޗަން” އިން ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. މިއީ މިމުބާރާތުގެ މެޗްތަކުގެ ނަތީޖާ ދިމާކޮށްގެން “ޕިއްޒާ ކިޗަން” އިން ރަހަ މީރު ޕިއްޒާއެއް ލިބުމުގެ ފުރުޞަތު ލިބޭ ހަރަކާތެކެވެ. ޕިއްޒާ ކިޗަނުން ބުނީ ކޮންމެ މެޗެއްގެ 45 މިނެޓް ނިމުމުގެ ކުރިން އެ މެޗުގެ ނަތީޖާ އަންދާޒާކޮށްލުމަށްފަހު ޕިއްޒާ ކިޗަންގެ ޓްވިޓަރގައި ޚާއްޞަކޮށްފައިވާ ޓްވީޓަށް ރިޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ އެއް ފަރާތަކަށް ޕިއްޒާއެއް […]

އިބްރާހިމް އަސްވާޤް
ޔޫރޯ މެޗުތައް ބަލާލަން އުރީދޫ އިން 250ރ. އަށް 20ޖީބީ

ޔޫރޯ މެޗުތައް ބަލާލަން އުރީދޫ އިން 250ރ. އަށް 20ޖީބީ

އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް ފަސޭހަކަމާ އެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިންއޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމުގައިވާ ސޮނީ ލިވްއާ ގުޅިއްޖެއެވެ. އުރީދޫ އިން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަނާއެކު މެޗުތައް ބަލާލުމަށް  އެންމެ 250ރ. އަށް 20ޖީބީގެ ޑޭޓާ ލިބޭކަމަށެވެ. “ޔޫރޯ 2020 ޕެކް”ގެ ނަމުގައި ތައާރަފްކުރި ޕެކް ބޭނުންކުރެވޭނީ 30 ދުވަހަށެވެ. އުރީދޫ އިން ބުނީ […]

އަޙްމަދު ވަހީދު