މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ.

އެކުންފުނިން މި ޓެކްސީ ސްޓޭންޑް ހެދީ އެ ކުންފުނީގެ ގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

Ad
rt

އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް ހަދާގައިވާ މި ޓެކްސީ ސްޓޭންޑަކީ 1.25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓެކްސީ ސްޓޭންޑެކެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓެކްސީ ސްޓޭންޑެއް ހެދީ އައިޖީއެމްއެޗް ދޮރާށި ކައިރިން ޓެކްސީގެ ހިދުމަތް ހޯދަންއާއްމުނަނަށް ދަތިތަކާ ދިމާވާތީ އެކަމަށް ހައްލު ހޯދައި ދިނުމަށް ކަަމަށެވެ. އެގޮތުން، ވިއްސާރަ ދުވަސްވަރު ދޮރާށި ކައިރީގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެހިޔާވަހިކަމެއް ނެތުމުން ކުރިން އާއްމުން ކަންބޮޑުވި ނަމަވެސް މިހާރު އެކަމަކަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ކުރިއަށް އޮތްތާނގައި ވެސް އިޖުތިމާއީ ޒިންމާގެ ދަށުން އާއްމުންނަށް އެހީވުމަށް މިފަދަ ޕްރޮޖެކްޓުތައް ހިންގާނެ ކަމަށެވެ.