މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ސޮލޮމަން ރަށްތަކަށް M6.4 ގެ ބިންހެލުމެއް އަތުވެއްޖެ - 20 މިނިޓު ކުރިން

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 218 ވަނަ ޞަފްޙާ

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައިމިލިއަނަށް އަރައިފި

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައިމިލިއަނަށް އަރައިފި

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 500،406 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑް-19އާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ...

އަޙްމަދު ވަހީދު
އެޗްޑީސީން ހުޅުމާލޭގައި ސީސީޓީވީ ނެޓްވޯކެއް ގާއިމް ކުރަނީ

އެޗްޑީސީން ހުޅުމާލޭގައި ސީސީޓީވީ ނެޓްވޯކެއް ގާއިމް ކުރަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ބަހައްޓައި އެއް ނެޓްވޯކަކުން ގުޅާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ. މިއީ އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުންހުޅުމާލޭގެ މަގުތަކާއި ޕާކުތައް ހިމެނޭހެން އާއްމުން އެއްވެ އުޅޭ ހުރޮހާ ތަނެއްގައި ސީސީޓީވީ ކެމެރާތައް ބަހައްޓާނެއެވެ. އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްތަކާއި...

އަޙްމަދު ވަހީދު
ފެރިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ފެރިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ ފެރިދޫގައި މިހާރު ކުރަމުން އަންނަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފެރިދޫއަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނ...

އަޙްމަދު ވަހީދު
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަނުކޮށްފި

އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަނުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން، އެޖެންޓުކަން 22 ފަރާތަކަށް މިއަދުދީފިއެވެ. އެސްޓީއޯއިން އެޖެންޓުން ހޯދަން އިއުލާން ކުރީ މިދިޔަ މާރޗް މަހުއެވެ. އެ ފުރުސަތުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް އެެޖެންޓުންގެ ގޮތުގައި މިހާރު ވަނީހަމަޖައްސައިފައެވެ. އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކ...

އަޙްމަދު ވަހީދު
ހެނބަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ހެނބަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. މި މަޝްރޫއު ފެށުމަށް ސައިޓު މޮބިލައިޒް ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވ...

އަޙްމަދު ވަހީދު
މާލެއާ ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް 6:00 ޖަހާއިރު ބަންދުވާނެ

މާލެއާ ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް 6:00 ޖަހާއިރު ބަންދުވާނެ

މާދަމާއިން ފެށިގެން މާލެއާ ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހަވީރު 6:00 ޖަހާއިރު ބަންދުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިއީ ކޯވިށް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅަފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލާއެކު މިހާރު މާލެ އަދި ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30ންހަވީރު 6:00 ހުޅުވާފައި ހުންނާނެއެވެ. އަދި...

އަޙްމަދު ވަހީދު
އެމްޓީސީސީގެ ހިއްސާދާރުންނަށް ހާއްސަ ޕޯޓަލެއް

އެމްޓީސީސީގެ ހިއްސާދާރުންނަށް ހާއްސަ ޕޯޓަލެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ. އެމްޓީސީސީ ޝެއާ ހޮލްޑާ ޕޯޓަލްގެ ނަމުގައި ތައާރަފު ކުރި މި ޕޯޓަލީ ހިއްސާދާރުންގެ ހުރިހާ ކަމެއް އެއްތަނަކުން ކުރެވޭގޮތަށް ތައާރަފު ކުރި ޕޯޓަލެކެވެ. މި ޕޯޓަލުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިއްސާދާރުންގެ ޕްރޮފައިލް މެނޭޖު ކުރުމާއި އަޕްޑޭޓު ކުރުމުގެ އިތުރުން ހިއްސާގެ ފައިދާގެ މައުލޫމާތާއި ހިއްސާގެ ފައިދާ ނެގުމާއިހިއްސާގެ ސެޓްފިކެޓް އާ ކުރުމާއި އޮފް މާކެޓުގައި ހިއްސާ ޓްރާންސްފާ...

އަޙްމަދު ވަހީދު
އެސްޑީއެފްސީން ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫކުރަނީ

އެސްޑީއެފްސީން ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫކުރަނީ

ކުދި ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް އާލޯނެއް އިއުލާނުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލާ މި ލޯނު ހާއްސަ ކުރާނީ ކޯވިޑް-19ގެ ދެވަނަ ރާޅުގެ ސަބަބުންއެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކާއި ސަރަހައްދުތަކަށް ކަމަށެވެ.ބއެގޮތުން މާލެ ސަރަހައްދަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ....

އަޙްމަދު ވަހީދު
ސްޓެލްކޯއިން އަހަރީ ދުވަސް ފާހަގަކުރަން އެޗްއޯއީސީއަށް ތަކެތި ހަދިޔާކޮށްފި

ސްޓެލްކޯއިން އަހަރީ ދުވަސް ފާހަގަކުރަން އެޗްއޯއީސީއަށް ތަކެތި ހަދިޔާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އަހަރީ ދުވަސް ފާހަގަކުރަން އެޗްއޯއީސީއަށް ތަކެތި ހަދިޔާކޮށްފިއެވެ. އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރި ތަކެތި ކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް ދީފައި ނުވެއެވެ. ސްޓެލްކޯއިން ބުނީ އަހަރީ ދުވަހާ ގުޅިގެން އެޗްއޯއީސީއަށް ތަކެތި ހަދިޔާ ކުރީ މި ދުވަސްވަރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. މިކުންފުނީގެ 24 […]

އަޙްމަދު ވަހީދު
މޯލްޑިވިއަން އިން ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަނީ

މޯލްޑިވިއަން އިން ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަނީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަން ނިންމައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ދަތުރު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި  ފްލައިޓުން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ އިތުރުން އެކި ކަންކަމުގައިއިންޑިއާއަށް ދިވެހިންނަށްވެސް ދަތުރު ކުރެވޭނެއެވެ. ކޮޗިން އަކީ ބޭސް ފަރުވާއަށާއި ތައުލީމު ހާސިލް ކުރުމަށް ގިނަ ދިވެހިން ދަތުރު ކުރާ މަންޒިލެކެވެ. ރާއްޖޭން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު ދެކުނު އޭޝިއާ ގައުމުތަކުން...

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ މަސައްކަތް ނިމެނީ

މިލަދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ 91 އިންސައްތަ މަސައްކަތާއި ބޭރުތޮށި ލުމުގެ 75 އިންސައްތަމަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރ...

އަޙްމަދު ވަހީދު
ޝަޒައިލްގެ މައްސަލަ ސާބިތު ނުވުމުން މަގާމު ރުޖޫއަކޮށްފި

ޝަޒައިލްގެ މައްސަލަ ސާބިތު ނުވުމުން މަގާމު ރުޖޫއަކޮށްފި

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމުމުން އޭނާގެ ވަޒީފާރުޖޫއަކޮށްފިއެވެ. މޯލްޑިވް ގޭސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެ ކުންފުންޏަށް އޭސީސީން އަންގާފައިވާކަމަށެވެ. އެހެންކަމުން ޝަޒައިލްގެ ސަސްޕެންޝަން ނިމި ވަޒީފާ ރުޖޫއަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ޝަޒައިލްގެ މައްޗަށް ތުހުނަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހ...

އަޙްމަދު ވަހީދު
އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެ ކުންފުނިން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ފާސްކުރީ ”ފަހިވޯޓް“ މެދުވެރިކޮށް މިއަދު ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާގެ ގޮތުގައިބަހާ އަދަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި، 86 މެމްބަރުންގެ ވޯ ޓުންނެވެ. މި ޖަލްސާގައި ހިއްސާގެ ފައިދާގެ އިތުރުން، ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އިންޑިޕެންޑެންޓް އޮޑިޓަރު...

އަޙްމަދު ވަހީދު
ތެލުގެ އަގު އުފުލިއްޖެ

ތެލުގެ އަގު އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންވެސް ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެންއެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޝެޑުތަކުން ވިއްކާތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 ލާރި އިތުރުވެގެންދާނެއެވެ. މިއާއެކު މިހާރު  ޑީސަލް ލިޓަރެއް ލިބޭނީ 10.72 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ [...

އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ ބިލްޑިން ހަދަން ފަށައިފި

ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ ބިލްޑިން ހަދަން ފަށައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓާމިނަލް ގްރައުންޑުގެ ލެވެލިން މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭ އަކާއި، އޭޕްރަނެއްގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ  144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފަރެސްމާތޮޑާ އެއާޕޯ...

އަޙްމަދު ވަހީދު