އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 500،406 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ.

Ad
rt

މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑް-19އާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެ ގައުމުބް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައި އިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެންމެ ގިނައިން ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ނަމަވެސް އެ ގައުމުގައި ކޯވިޑްގެ ހާލަތު ގޯސްވުމުން ސަރުކާރުން ވަނީ އެ ގައުމުހިމެނޭހެން ދެކުނު އޭޝިއާ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާގޮތުގައި މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެއެވެ.