ޔޫރޯ 2020 އާ ދިމާކޮށް މޯލްޑިވް ގޭސް އިން ދެ ޗެލެންޖެއް ފަށައިފިއެވެ. މާދަމާ އިން ފެށިގެން އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މުޅި ރާއްޖެއަށް ހުޅުވާލާފައިވާ އިރު، ކޮންމެ މީހަކަށްވެސް މިޗެލެންޖުގައި ބައިވެރިވެވޭނެއެވެ. މޯލްޑިވް ގޭސް އިން ފަށާ ދެ ޗެލެންޖުގެ ތެރެއިން ފުރަތަމަ ޗެލެންޖަކީ މެޗުގެ ނަތީޖާ ދިމާކުރަންޖެހޭ ޗެލެންޖެކެވެ. މި ޗެލެންޖުގައި އެންމެ ގިނަ މެޗުގެ ނަތީޖާ ދިމާކުރާމީހުންގެ ތެރެއިން ގުރުއަތުން ހޮވޭ […]
އަޙްމަދު ވަހީދު
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން މިނިސްޓްރީ އޮފް ފިނޭންސްއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި މިނިސްޓްރީ އޮފްހެލްތުގެ ފަރާތުން މިނިސްޓަރު އަޙްމަދު ނަސީމު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއ...
އަޙްމަދު ވަހީދު
ފުރަތަމަ ފަހަރަށް ގައުމެއްގެ ރަސްމީ ފައިސާގެ ގޮތުގައި ޑިޖިޓަލް ފައިސާ ކަމަށްވާ، ބިޓްކޮއިން ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖެއްސީ އެލް ސަލްވަޑޯއިންނެވެ. އެ ގައުމުގެ ކޮންގްރެސް އިން ވަނީ ބިޓްކޮއިންއަކީ ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި ކަނޑައަޅަންފާސްކޮށްފައެވެ. އެލް ސަލްވަޑޯގެ ރަސްމީ ފައިސާ ކަމަށްވާ ޔޫއެސް ޑޮލަރާ އެއްގޮތަށް ބިޓްކޮއިން ބޭނުން ކުރަން ހުއްދަ ދޭނެ ބިލެއް އެގައުމުގެ ކޮންގްރެސްއަށް ހުށަހެޅުއްވީ ރައީސް ނަޔީބު ބުކެލޭއެވެ. އަދި އެ ބިލު ފާސްކޮށްފައި ވަނީ 84 މެމްބަރުންގެ ތެ...
އަޙްމަދު ވަހީދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރުމަށް ސްޓޭޓް ޓްރޭޑިންއޯގަނަޒޭޝަން (އެސްޓީއޯ)އާ ހަވާލު ކޮށްފިއެވެ. އެސްޓީއޯއިން ބުނީ، އެމްޕީއެލް ހިޔާ ފްލެޓު ތަކުގައި ”ކޯން މޮނޯ ސްޕޭސް“ގެ ލިފްޓު ހަރުކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއި ކޮށްފައި ވާކަމަށެވެ. މި ލިފްޓުތަކަކީ ”ކޯން އިކޯޑިސްކު“ ހޮއިސްޓިންގ މޯޓަރު ހަރުކޮށްފައިވާ ލިފްޓުތަކެއް ކަމަށާއި، މީގެ ސަބަބުން ހޫނުގެ ގޮތުގައި ހަކަތަ ބޭރުވުން މަދު ކުރެވޭނެ ކ...
އަޙްމަދު ވަހީދު
ޔޫރޯ 2020އާ ގުޅުވައިގެން އެސްޓީއޯއިން ”ޔޫރޯފޯރިއާ“ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން މިއަދު ފެށި މި ޕްރޮމޯޝަނުގައި، ތިން ބްރޭންޑެއްގެ ޓީވީތަކުން ހާއްސަ އޮފާތަކެއް ލިބޭނެއެވެ. އެއީ ހިޓާޗީ އާއި ސެމްސަންގ އަދިފިލިޕްސްގެ ޓީވީތަކުންނެވެ. އަދި ސައުންޑު ބާތަކަށްވެސް ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާގައި ކޮންޓެސްޓެއް ކުރިއަށްދާނެއެވެ. މި ކޮންޓެސްޓު މެދުވެރިކޮށް، ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީއަކާއެކ...
އަޙްމަދު ވަހީދު
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ 98އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރުހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ...
އަޙްމަދު ވަހީދު
ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރުފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމ...
އަޙްމަދު ވަހީދު
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. މި ޖަލްސާ އޮންނާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ “ފަހި ވޯޓު” މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިންއެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ. ސީއެމްޑީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިންބާއްވ...
އަޙްމަދު ވަހީދު
ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި “އުރީދޫ ފެންޓަސީ ލީގް” ގެ ނަމުގައި މުބާރާތެއް އިއުލާނު ކޮށްފިއެވެ. މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން […]
އަޙްމަދު ވަހީދު
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސަައްކަތުގެ ދަށުން 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮަޅީގެ މައި ނެޓްވޯކް އެޅުމާއި ފެން އުފެއްދުމަށްޓަކ...
އަޙްމަދު ވަހީދު
ވޭސްޓް މެނޭޖްމަން ކޯޕްރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެ ކުންފުނިން މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަނީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މިއަދު އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާހަވާލުކޮށްފައެވެ. ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ފައިސާ އިންޓަނޭޝަނަލް އެއިޑާ ހަވާލު ކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމްމުހައްމަދުއެވެ. ފަލަސްތީނަށް އެހީވާން ވެމްކޯއިން ވަ...
އަޙްމަދު ވަހީދު
ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މި މަހުގެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމަށް ވަނީހަމަޖެހިފައެވެ. އަދި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް “ގްރީން ކޮންކްރީޓް” ތައާރަފް ކުރަން ތައްޔާރުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ނެރުނު އިއުލާނެއްގައި ބުނީ މި ކޮންކްރީޓަކީ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެއްކަމަށެވެ. އަދި މި ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށްވެސް އެ ކުންފުނިންބުންޏެވެ. “ކޮންވެންޝަނަލް ކޮންކްރީޓް” ނުވަތަ އާއް...
އަޙްމަދު ވަހީދު
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިޔުމަށް “ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިން ކޮމެޓީ” އެކުލަވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، އެ ކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، އިންޑަސްޓްރީ އާއި އިންޑަސްޓްރީ އާ ގުޅިފައިވާ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ސިޓީތަކާއި އަތޮޅުތަކުގައި ހަރަކާތްތައް ރާވާ ކުރިއަށް ގެންދ...
އަޙްމަދު ވަހީދު
ގުޅީފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓު މޮބިލައިޒް ކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 8.94 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 55 ދުވަހުގެ ތެރޭ ނިންމުމަށް އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހި...
އަޙްމަދު ވަހީދު