މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 205 ވަނަ ޞަފްޙާ

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ހަނދުމަކޮށްދީފިއެވެ. ވެމްކޯއިން މިމަހުގެ ކުރީ ކޮޅު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ފެށީ އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ. ވެމްކޯއިން ކުނި ނަގާ ވަގުތުތައް – މާލެ: […]

އަޙްމަދު ވަހީދު
އުކުޅަހު އެއްގަމުތޮށިލުމާއި ޖެޓީގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

އުކުޅަހު އެއްގަމުތޮށިލުމާއި ޖެޓީގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއ...

އަޙްމަދު ވަހީދު
ސްޓެލްކޯއިން ހިމަންދޫއަށް ޖަނަރޭޓަރެއް ގެންގޮސްފި

ސްޓެލްކޯއިން ހިމަންދޫއަށް ޖަނަރޭޓަރެއް ގެންގޮސްފި

ސްޓެލްކޯ އިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނީ، ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336 ކިލޮވޮޓުގެ މުޅިން އާ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާ އެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ. ހިމަންދޫގައި މިހާރު ހުރީ 533 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އަދި އާ ޖަނަރޭ...

އަޙްމަދު ވަހީދު
ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމެއް ގާއިމް ކުރަނީ

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމެއް ގާއިމް ކުރަނީ

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބީއެމްއެލް އަދި މާސްޓަކާޑައެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް ސިސްޓަމަކީ މާސްޓަކާޑުގެ “ސްމާޓް ސ...

އަޙްމަދު ވަހީދު
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެއްޖެއެވެ. މީރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 25.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު […]

އަޙްމަދު ވަހީދު
އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީއިން ދާންދޫގެ މަގުތައް ލެވެލް ކުރަނީ

އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީއިން ދާންދޫގެ މަގުތައް ލެވެލް ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ގއ. ދާންދޫގެ މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން މަގުތައް ލެވެލް ކުރުމުގެ އިތުރުން އެ ރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ މަގުތަކަށް ވެލިއަޅައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީންނެވެ. އެމްޓީސީސީން އަންނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމ...

އަޙްމަދު ވަހީދު
ހެންވޭރުގެ ބައެއް ގެތަކުން މިރޭ 6 ގަޑިއިރަށް ފެން ކަނޑާލާނެ

ހެންވޭރުގެ ބައެއް ގެތަކުން މިރޭ 6 ގަޑިއިރަށް ފެން ކަނޑާލާނެ

ހެންވޭރުގެ ބައެއް ގެތަކުން މިރޭ 6 ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، މާލެ ސިޓީ ކައުންސިލުން ހިންގާ ”ސްޓްރީޓް ސްކޭޕިން” ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ގެތަކުން ފެން ކަނޑާލާނެ ކަމަށެވެ. މިގޮތަަށް ނިންމީ ރޯޝަނީ މަގުގައި އަޅާފައިވާ ފެން ހޮޅިއާއި އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތެ ކުރިއަށްދާތީއެވެ. މިރޭ 11:00ން ފަތިހު 5:00އަށް […]

އަޙްމަދު ވަހީދު
 މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

 މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި ޕެކޭޖުތަކާއެކު ކޯލް އޮފް ޑިއުޓީ އާއި މޯބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އަދި ގެރީނާ ފްރީ ފަޔާ ފަދަ ގޭމްތައް ކުޅެވޭނެއެވެ. މި ޕެކޭޖުތައް ފަށާ އަގަކީ އެންމެ 25ރ. އެވެ. ވީކްލީ ގޭމިން ޕެކުގެ ދަށުން ކޮންމެ ގޭމެއް ކުޅުމަށް ހަފުތާއަކަށް އެންމެ 25ރ. އަށް އެއް ޖީބީގެ ޑޭޓާ ލިބޭނެއެވެ. ކޮންމެ ގޭމަކަށް ވަކިން ޕެކޭޖު އެކްޓިވޭޓް ކުރެވޭނެއެވެ. […]

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީ އިން ކެންދޫ އާއި ކަމަދޫގައި ހިންގާ މަޝްރޫއުތައް ޝާހު ބައްލަވާލައްވައިފި

އެމްޑަބްލިއުއެސްސީ އިން ކެންދޫ އާއި ކަމަދޫގައި ހިންގާ މަޝްރޫއުތައް ޝާހު ބައްލަވާލައްވައިފި

ބ. ކެންދޫ އާއި ބ. ކަމަދޫގައި އެމްޑަބްލިޔުއެސްސީ އިން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަޔް ކުރިއަށްދާގޮތް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ހަސަން ޝާހު ބައްލަވާލައްވައިފިއެވެ. ޝާހު މި ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ބައްލަވާލެއްވީ މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ. މި ދެ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ކުރިއަށްދަނީ އާރުއޯ ބިލްޑިންގެ މަސައްކަތެވެ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންއަކާއި 5.4 ކިލޯމީޓަރުގެ ފ...

އަޙްމަދު ވަހީދު
ފެނަކައިގެ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ވިލުފުށީގައި ބާއްވައިފި

ފެނަކައިގެ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ވިލުފުށީގައި ބާއްވައިފި

ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ތ. ވިލުފުށީގައި ބާއްވައިފިއެވެ. މި އިމްތިހާނުގެ ތިއަރީ އަދި ޕްރެކްޓިލް ބައިވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. މި އިމްތިހާނުގައި ތިން ދަރިވަރުން ބައިވެރިވިއެވެ. މިއީ ފެނަކައިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބަޔެކެވެ. އެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތްތަކާއި، މެކޭނިކަލް މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.   ފެނަކައިން ވ...

އަޙްމަދު ވަހީދު
ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއެއް

ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއެއް

ޅ. ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ އެ ބޭންކުގެ ފަރާތުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާއެއް ގާއިމުކުރާނެ […]

އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އޭޕްރަން އަދި ފަޔާ ޕެޑް އާއި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިންމާލާފައި ވާކަމަށެވެ. އަދި އެއާޕޯޓް ފަޔާ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ނިމިފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. […]

އަޙްމަދު ވަހީދު
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 57 އިންސައްތަ ނިމިއްޖެ

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 57 އިންސައްތަ ނިމިއްޖެ

ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައިއޯޕީޑީ އިމާރާތުގެ 75 އިންސައްތަ މަސައްކަތާއި ވިއްސާކޮޓަރި ހުންނަ އިމާރާތުގެ 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު […]

އަޙްމަދު ވަހީދު
ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މަސައްކަތް ތާވަލާ އެއްގޮތަށް ކުރެވެމުން އަންނަ ކަމަށާއި، މަޝްރޫއުގެ ދަށުން، މިހާރުކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަ...

އަޙްމަދު ވަހީދު
ހަންޏާމީދޫގެ އާ ހާބަރ ބޭސިން ފުންކޮށް ނިންމާލައިފި

ހަންޏާމީދޫގެ އާ ހާބަރ ބޭސިން ފުންކޮށް ނިންމާލައިފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމިގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މި މަހުގެ ހަތަރު ވަނަ ދުވަހު އެރަށަށް […]

އަޙްމަދު ވަހީދު