މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 204 ވަނަ ޞަފްޙާ

ތިނަދޫ ޕޯޓުން އަންނަ އަހަރު ހިދުމަތް ދޭން ފަށާނެ: ޝާހިދު

ތިނަދޫ ޕޯޓުން އަންނަ އަހަރު ހިދުމަތް ދޭން ފަށާނެ: ޝާހިދު

ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ޕޯޓުތަކުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ....

އަޙްމަދު ވަހީދު
އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

ހަތަރު މަހަށް ފަހު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ. އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު ބަޔެކެވެ. އެއީ ގްރީން ލިސްޓާއި އެމްބާ ލިސްޓާއި އެމްބާ ޕްލަސް އަދި ރެޑް ލިސްޓެވެ. މިދިޔަ ބުދަ ދުވަހުގެ ރިވިއުގައި އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ އެމްބާ ލިސްޓުގައެވެ. މި ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން […]

އަޙްމަދު ވަހީދު
ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު މުވައްޒަފުންނާ ހަވާލުކުރާނެ: ޝާހިދު

ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު މުވައްޒަފުންނާ ހަވާލުކުރާނެ: ޝާހިދު

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށެވ...

އަޙްމަދު ވަހީދު
ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފި

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޕްލާސްޓިކް ފުޅީގައި ފެން ބަނދުކުރުން ހުއްޓާލައިފިއެވެ. އެ ކުންފުނިން ވަނީ ”ފެހި ދިރިއުޅުން“ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުނީގެ 35 އިންޖީނުގެއަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފައެވެ. މި ނިންމުމާއެކު، ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ ”ސްޓެލްކޯ ފެން“ ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން […]

އަޙްމަދު ވަހީދު
ވެމްކޯގެ ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ވެމްކޯގެ ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ވެމްކޯއިން އެ ކުންފުނީގެ ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ގެނައި ބަދަލުތައް މިހާރު އުވާލާފައި ވާތީ، ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކުނި ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް މި މަސް ނިމެންދެން ކުނި ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޖިސްޓްރީ ކުރުމުގެ އިތުރުން މިހާތަނަށް ނުދ...

އަޙްމަދު ވަހީދު
މާލެ ސިޓީ ކައުންސިލުން 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި: ވެމްކޯ

މާލެ ސިޓީ ކައުންސިލުން 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި: ވެމްކޯ

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަ ހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. “350 ކިލޯ ލޮރީއަކަށް […]

އަޙްމަދު ވަހީދު
ކޯވިޑާއެކު ވެސް މިދިޔަ އަހަރު އެމްޑަބްލިއުއެސްސީއަށް ފަސް އިންސައްތައިގެ ކުރިއެރުމެއް

ކޯވިޑާއެކު ވެސް މިދިޔަ އަހަރު އެމްޑަބްލިއުއެސްސީއަށް ފަސް އިންސައްތައިގެ ކުރިއެރުމެއް

ކޯވިޑް-19އާ ގުޅިގެން ދިމާވި ގޮންޖެހުންތަކާ އެކުގައިވެސް، މިދިޔަ އަހަރު ސާފު ފައިދާއިން ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބޯޑު ޑިރެކްޓަރުން ވަނީ މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމާށް ބުނެފައެވެ. އަދި އެ ކާމިޔާބީއާއި ކުރިއެރުން ހާސިލު ކުރެވުނީ، ކުންފުނީގެ މެނޭޖުމަންޓުން ކުންފުނި ހިންގުމުގަޔާއި ހަރަދު ކުޑަކުރުމުގަ...

އަޙްމަދު ވަހީދު
އުރީދޫ 5ޖީ އެއާ ފައިބަ ޕެކޭޖުތަކަށް ބޮޑު ބަދަލެއް

އުރީދޫ 5ޖީ އެއާ ފައިބަ ޕެކޭޖުތަކަށް ބޮޑު ބަދަލެއް

އުރީދޫގެ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއާ ފައިބާ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު އެއާ ފައިބަ ޕެކޭޖުތަކުގެ ސްޕީޑް ވެސް ކުރިއަށް ވުރެ އަވަސްވާނެއެވެ. މިއީ ހައި ސްޕީޑް އިންޓަނެޓް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، 5ޖީ އެއާފައިބައާއެކު، ހައި ސްޕީޑުގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވާނެ ކަމަށް އެ ކުންފުނިން […]

އަޙްމަދު ވަހީދު
ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތައް އަނެއްކާވެސް ރާއްޖެ

ޔޫއެންޑަބްލިއުޓީއޯގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތައް އަނެއްކާވެސް ރާއްޖެ

ޔުނައިޓެޑް ނޭޝަންސްގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތައް ރާއްޖެ ދެވަނަ ދައުރަކަށް ހޮވައިފިއެވެ. ރާއްޖެ މި މަގާމަށް ހޮވާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 58ވަނަ ބައްދަލުވުމުގައެވެ. މިއާއެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓާނީ ވެސް ރާއްޖޭންނެވެ. މި ބައްދަލުވުމުގަ އެ ކޮމިޝަނުގެ ރިޔާސަތައް ރާއްޖެ ހޮވާފައިވާއިރު ވައިސް ޗެއާގެ މަގާމަށް ބަންގްލަދޭޝާއި އީރާން ވަނީ ހޮވާފައެވެ. މީގެ އިތުރުން އެ […]

އަޙްމަދު ވަހީދު
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑުހިލަ ގެންގޮސްފި

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑުހިލަ ގެންގޮސްފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 16.94 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރު ތޮއްޓެއް ލާނެއެވެ. މީގެއިތުރުން […]

އަޙްމަދު ވަހީދު
އެސްޓީއޯއިން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯއިން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. “ބައްތިރީސް” ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15ގައެވެ. މި ޓީވީ އަކީ އަޑު ސާފުވެފައި  ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް މި ޓީވީން ބޭނުންކުރެވޭނެއެވެ. އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން […]

އަޙްމަދު ވަހީދު
އައިފޯން 13 އާއި އެޕަލްގެ އާ އުފެއްދުންތައް ދައްކާލައިފި، ވަރަށް ފުރިހަމަ

އައިފޯން 13 އާއި އެޕަލްގެ އާ އުފެއްދުންތައް ދައްކާލައިފި، ވަރަށް ފުރިހަމަ

އެޕަލް ކުންފުނިން ކޮންމެ އަހަރު ނެރޭ އާ އުފެއްދުންތަކުގެ ތެރެއިން މިއަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލައިފިއެވެ. މި އުފެއްދުންތައް ދައްކާލީ ރޭ ބޭއްވި ހާއްސަ އިވެންޓުގައެވެ. އެގޮތުންއައިފޯން 13 ސީރީޒް އާއި އެޕަލް ގަޑި ވަނީ ދައްކާލައިފައެވެ. އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ. […]

އަޙްމަދު ވަހީދު
ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކޮށްފި

ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކޮށްފި

ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި،250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ޕްރެސް...

އަޙްމަދު ވަހީދު
ރ. މީދޫގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

ރ. މީދޫގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

ރ. މީދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރާ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ސައީދު ވަނީ އެ ރަށުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށްފައެވެ. އ...

އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ: އާޒިމް

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ: އާޒިމް

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގްރައުންޑް މަސައްކަތްތަކުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ...

އަޙްމަދު ވަހީދު