މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 206 ވަނަ ޞަފްޙާ

ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ

ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ

ރަސްދޫގައި ހަދަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މއ...

ޝިއުނާ އާދަމް
ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުއެވެ. މިހާރު ކުރިއަށްދަނީ ހާބަ ބޭސިން އާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެވެ. ހާބާ ބޭސިން ފުކުރުމުގެ މަސައްކަތުގެ ދަށުން 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުން ކުރާނެއެވެ. މި މަސައްކަތުގައި ބޭނުން ކުރަނީ […]

އަޙްމަދު ވަހީދު
މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ބުނެފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުޔގެ 15އިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލު ގެނައުމާއެކު މަގުމައްޗަށް ކުނި ބޭރު ކުރުމުން މަނާ ވާނެ އެވެ. ވެމްކޯއިން ކުނި ނަގާ ވަގުތުތައް […]

އަޙްމަދު ވަހީދު
ކަޅުބިލަމަސް ހުސްވެދާނެ ކަމުގެ ބިރު ކުޑަވެ، މިޔަރު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ކަޅުބިލަމަސް ހުސްވެދާނެ ކަމުގެ ބިރު ކުޑަވެ، މިޔަރު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު ކުޑަވާން ފަށާފައިފި ކަމަށާއި މިޔަރު ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މި މަހުގެ 3-11 އަށް ފްރާންސްގެ މާސިލީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން މަހުގެ އާބާދީ ވ...

އަޙްމަދު ވަހީދު
އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ހޯދަން ހުށަހަޅައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ބޭންކުގެ މަސައްކަތް އަންނަ އަހަރު ނިންމާ ހިދުނަތް ދޭން ފަށާނެ ކަމަށެވެ. އަދި މިއީ ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އެކައުންޓު ހުޅުވަންވެސް އެހާ ގިނަ ވަގުތެއް ނުނަގާނެ. […]

އަޙްމަދު ވަހީދު
ދަރަނބޫދޫ ބަނދަރުގެ ޕޭވްމަންޓު ހަދައި ނިންމާލައިފި

ދަރަނބޫދޫ ބަނދަރުގެ ޕޭވްމަންޓު ހަދައި ނިންމާލައިފި

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 410...

އަޙްމަދު ވަހީދު
ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނީ ސައިޓަށް ބޮޑު ހިލަ ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]

އަޙްމަދު ވަހީދު
މަހާ ޖައްރާފަށް ކެޕްޓަނަކު ހޯދަނީ، މުސާރައަކީ އެއްލައްކަ ރުފިޔާ

މަހާ ޖައްރާފަށް ކެޕްޓަނަކު ހޯދަނީ، މުސާރައަކީ އެއްލައްކަ ރުފިޔާ

އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭނުންކުރާ ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފިއެވެ. އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 109،000 ރުފިޔާއެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އަހަރަކަށްވުރެ ގިނަ ދުވަހަށް ކޮންޓްރެކްޓް އާ ކުރާނެ ކަމަށްވެސް ބުންޏެވެ. މި މަގާމަށް ހޮވޭ މީހެއްގެ މުސާރައިގެ އިތުރުން އެކުންފުނީގެ ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމުގައި ބައިވެރިވެވޭނެއެވެ. މަގާމަށް ކުރ...

އަޙްމަދު ވަހީދު
ބާރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް

ބާރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް

ހއ. ބާރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. ފެނަކައިން އެ ރަަށް މި ޖަނަރޭޓަރު ގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޖަނަރޭޓަރާއެކު މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ބާރަށުގައި 1215 މީހުންގެ އާބާދީއެއް އޮންނައިރު މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރުހާ ގެއަކަށް ކަރަންޓ ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން […]

އަޙްމަދު ވަހީދު
ލެ މެރީޑިއަން ރިސޯޓު ހުޅުވައިފި

ލެ މެރީޑިއަން ރިސޯޓު ހުޅުވައިފި

މެރިއެޓް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ލެ މެރީޑިއަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ތަރައްގީ ކުރި ލެ މެރީޑިއަން މޯލްޑިވްސް ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 35 މިނެޓު ތެރޭގައި ސީ ޕްލޭނުގައި މި ރިސޯޓަށް ދެވޭނެއެވެ. މިއީ މެރިއެޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން […]

އަޙްމަދު ވަހީދު
ފެނަކަ ހޯރަފުށީ ބްރާންޗްގެ އާ އޮފީހުގެ ބިންގާ އަޅައިފި

ފެނަކަ ހޯރަފުށީ ބްރާންޗްގެ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. ހުކުރު ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ. ފެނަކައިން ބުނީ މި އޮފީހުގެ މަސައްކަތް ނިމުމުން އެ ކުންފުނީގެ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރެވޭނެ ކަމަށެވެ. ހޯރަފުށި ބްރާންޗްގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު #ޓީމްފެނަކަ @TeamFenaka pic.twitter.com/HnLP8ZN7...

އަޙްމަދު ވަހީދު
ދައުލަތުގެ ރިޒާވް އިތުރުވެއްޖެ

ދައުލަތުގެ ރިޒާވް އިތުރުވެއްޖެ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރުވެއްޖެއެވެ. މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި […]

އަޙްމަދު ވަހީދު
މަޑުއްވަރީ ދެކުނު ބަނދަރުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މަޑުއްވަރީ ދެކުނު ބަނދަރުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު މި މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި […]

އަޙްމަދު ވަހީދު
ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ ބުރިޖުގެ މަސައްކަތުގެވެސް 91 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ […]

އަޙްމަދު ވަހީދު
ކުންފުންޏާ ބެހޭ އާ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދަނީ

ކުންފުންޏާ ބެހޭ އާ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދަނީ

ކުންފުންޏާ ބެހޭ އާ ގާނޫނެއް އެކުލަވާލައި އާއްމުންހެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ގާނޫނު ފާސްވުމާއެކު މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އުވާލާނެއެވެ. މިއީ 1996 ވަނަ އަހަރުން ހެދި ގާނޫނެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 25 އަހަރުވެފައިވާ ގާނުނެއް ކަމަށްވުމުން މި ގާނުނަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުން ވެސް ކުންފުނިތަކުގެ ގާނޫނަށް ޒަމާނީ ބަދަލުތައް ގެނެސް، އިންވެސްޓްމަންޓުތަކަށް […]

އަޙްމަދު ވަހީދު