ކ. ހުރާގައި ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައެވެ. މި ބަދަލާއެކު، މީގެކުރިން ހުރާގައި މި ޚިދުމަތްތައް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ހުރާގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އެ ކުންފުނީގެ މިންގަނޑުތަކަށް ފައްތައި،...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި، ކޮންމެ ހިއްސާއަކަށް 3.54ރ. ބެހުމަށް އެ ކުންފުނީގެ ހިއްސާދާރުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ޖުމްލަ 353 ހިއްސާދާރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރުވި 144 ހިއްސާދާރުންނާއި 209 ހިއްސާދާރުން ތަމްސީލުކުރި 27 ޕްރޮކްސީ ހޯލްޑަރުންނެވެ. މި ޖަލްސާގައި ކުންފުނީގެ ޖުމްލަ ހިއްސާގެ 98 […]
ޝިއުނާ އާދަމް
ހަނގުރާމައިގެ ސަބަބުން މެދުކަނޑާލި ޔުނައިޓެޑް އެރަބް އެމިރޭޓްސް (އޫއޭއީ) ގެ އިއްތިހާދު އެއާވޭސް ދަތުރުތައް މިއަދު އަލުން ރާއްޖެއަށް ފަށާނެކަން އެ އެއާލައިނުން ހާމަކޮށްފި އެވެ. އިއްތިހާދު އެއާވޭސް އިން ނެރުނު ބަޔާނުގައި ބުނީ މިއަދު ފެށިގެން މި ހިނގާ މާޗުމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ވަކި ހާއްސަ މަންޒިލުތަކަށް ކަމަށެވެ. މި ދަތުރުތައް އަލުން ފަށަން ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ […]
އައިޝަތު ޢާދަމް
ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް ‘ވަށަނި’ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އަޒުވަރުއެވެ. ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުންނަ މި ޕޯޓަލްގައި އީފާސް (eFaas) މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނ...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅުންހުރި ތާރީޚީ ފޮޓޯތައް ހޯދުމަށް އެ އޮތޯރިޓީން މިއަދު އިއުލާންކޮށްފިއެވެ. މިއީ އެ އޮތޯރިޓީގެ މުހިންމު މަސައްކަތެއްގެ ބޭނުމަށް ކުރެވޭ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މި ފޮޓޯތައް ހޯދުމުގެ މައިގަނޑު މަގުސަދަކީ އޮތޯރިޓީގެ ތާރީޚާ ބެހޭގޮތުން ތައްޔާރުކުރަމުންދާ ފޮތެއްގައި ބޭނުންކުރުމެވެ. މި ފޮތަކީ އެމްއެމްއޭގެ ތާރީޚީ ދަތުރާއި، ރާއްޖޭގެ މާލީ ނިޒާމަށް އައިސްފައިވާ ބަދަލުތައް ފެންނާނެ ފަދަ ގޮތަކަށް ތައްޔާރުކުރާ ފޮތެކެވ...
އިބްރާހިމް އަސްވާޤް
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އެންޑް މެނޭ...
އައިޝަތު ޢާދަމް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ “ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮ...
އިބްރާހިމް އަސްވާޤް
ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް) އަށް 2025 ވަނަ އަހަރު ލިބުނު މާލީ ބޮޑު ކުރިއެރުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. މިއީ ބިއެމްއެލްގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދެވެ. ބޯޑުގެ މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާއަށް […]
އިބްރާހިމް އަސްވާޤް
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރި އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ އަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ބުނެފިއެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތަށް ނޯތު ހާބަރު ބަންދުކުރީ މީގެ ދެ މަސް ކުރިންނެވެ. އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގ...
ޔުމްނާ ޢަލީ
މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް ބިލިޔަނަކަށް ވުރެ މަތިވި ފުރަތަމަ ފަހަރެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ރަސްމީ ރިޒާވް މިހާރު ވަނީ 1.03 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 983.04 މިލިޔަން ޑޮލަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ވަގު...
ޔުމްނާ ޢަލީ
މިހިނގާ ރަމަޟާންމަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. މަރުކަޒީ ބޭންކުން މިގޮތަށް ނިންމާފައިވަނީ އިއްޔެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، ރަމަޟާން މަހާ ދިމާކޮށް ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު މިހާރު ވަނީ އިތުރުކޮށްފައެވެ. މި ނިންމުމަކީ ބާޒާރުގައި މުދ...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި ކަސްޓަމަރުންގެ އިތުބާރު ބޮޑު މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ތާވަލުކޮށްފިއެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އޮންލައިންކޮށް ނުވަތަ އުރީދޫ ހެޑްކުއާޓަރަށް ހާޒިރުވެގެންވެސް ހިއްސާދާރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ 12 ފެބުރުވަރީ 2026 ގެ ނިޔަލަށް އުރީދޫގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ޖަލްސާގައި...
އަޙްމަދު ވަހީދު
ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެއިން ކޯރަލް ރެސިޑަންސްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޮޑު ފިހާރައެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ފިހާރަ ހުންނަނީ ހައިވޭއިން ނުކުމެގެން ދެވޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް އިމާރާތުގައެވެ. ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި އެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެސްޓީއޯ އިން ބުނި ގޮތުގައި […]
ޔުމްނާ ޢަލީ
އަލަށް ޗާޕުކޮށްގެން ގެނައި 20 ރުފިޔާ އަދި 100 ރުފިޔާގެ އާ ނޫޓު ދައުރުކުރަން ފަށައިފި އެވެ. އިގުތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިމަހުގެ ދެ ވަނަ ދުވަހު 100 ރުފިޔާގެ ނޫޓު އަދި މިމަހުގެ 15 ވަނަ ދުވަހު 20 ރުފިޔާގެ […]
އިބްރާހިމް އަސްވާޤް
ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ “އުކްލާ ސްޕީޑް® ޓެސްޓް އެވޯޑް”™ އުރީދޫ މޯލްޑިވްސް އަށް ދީފި އެވެ. މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޯކްލާ® އިން ދޭ […]
އަލީ އާދިލް