މާލޭ ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައިގެން މަގަށް 6 މީޓަރު އިތުރުކޮށް، އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. މަގު ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން މިއަދު ހެނދ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ހާއްސަ ކެމްޕެއިންގެ 15 ވަނަ ނަސީބުވެރި ފަރާތަކަށް ބ. ކެންދޫ، އަލީ ރިޒާ ހޮވިއްޖެ އެވެ. މި ލަކީޑްރޯގެ ދަށުން އަލީ ރިޒާ އަށް ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އަލީ ރިޒާގެ ބަދަލުގައި މި އިނާމާ ހަވާލުވީ ރައީން އެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް […]
އިބްރާހިމް އަސްވާޤް
މިދިޔަ އަހަރު މަސް ކުންފުނިތަކަށް މަސް ކިރުވި އަދަދު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެެމްއޭ) އިން ހާމަކޮށްފި އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މަސް ކުންފުނިތަކަށް 88،347 މެޓްރިކް ޓަނުގެ މަސް ކިރާފައިވެ އެވެ. މިއީ 2024 ވަނަ އަހަރު މަސް ކުންފުނިތަކަށް ކިރުވި 53،232 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 35،115 މެޓްރިކް ޓަނު — 65.9 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އެންމެ ގިނައިން […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އިން ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ. އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި ހުއްދަ ދޫކޮށްފައިވަނީ 29 ޖަނަވަރީ 2026 އިން ފެށިގެން އަމަލުކުރާ ގޮތަށެވެ. ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 20...
ޝިއުނާ އާދަމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިނާއީ ރަށް، ކ. ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. ސިނާއީ މަސައްކަތްތައް ކުރާ ތިލަފުށީގައި ބެހެއްޓި މި އޭޓީއެމް ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިކަމަށް ބޭއްވި ރ...
ޔުމްނާ ޢަލީ
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް މިއަދު ހުޅުމާލޭގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި މަޝްރޫއުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށް އުފެއްދި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ކުރިއަށްގެންދާ މުހ...
ޔުމްނާ ޢަލީ
މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ ޝީޓްޕައިލިން މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދެވަނަ ސެގްމެންޓުގައި ހިމެނޭ 260 މީޓަރުގެ ޝީޓްޕައިލިން މަސައްކަތް މިހާރު ވަނީ %100 ނިމިފައެވެ. މީގެ އިތުރުން، 105 މީޓަރުގެ ކުއޭ ވޯލް ކެޕިން ކޮންކްރީޓް މަސައްކަތް ނިމިފައިވާއިރު،...
އަލީ އާދިލް
ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތަށް އަލުން ހަމަޖައްސައި، އެ ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ހިފަހައްޓާފައި އޮތް އުސޫލެއް 38 އަހަރަށްފަހު ބަދަލުކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލަކީ މެންދަމު 12:00 އާއި ހެނދުނު 6:00 އާ ދެމެދު ރާއްޖެއިން […]
އަލީ އާދިލް
ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް “އެކްރޮސް މޯލްޑިވްސް” އިން ކުރިއަށްގެންދާ އަޑީ ސީ އެކްސްޕެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މި ތާރީޚީ ހަރަކާތުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި އެކްސްޕެޑިޝަނަކީ ޖުމްލަ 460 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ. މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކ...
އިބްރާހިމް އަސްވާޤް
ފުޑް އެންޑް ބެވަރޭޖް (އެފް.އެންޑް.ބީ) ޝޯ 2026 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް އިން ހައިރައިޒް އާއެކު ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތްކަމުގައިވާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަ ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 21 އިން 24 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ޝޯގައި މި ދާއިރާގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާނެ […]
އަލީ އާދިލް
ކުރިއަށް އޮތް ޕީކް ސީޒަނާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، 12 ރަށަކަށް ބޭނުންވާ ޖެންސެޓްތައް ފޮނުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ކަރަންޓުގެ ޑިމާންޑް ބޮޑުވާ ދުވަސްވަރާ ދިމާކޮށް، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން 12 ރަށަކަށް ޖުމްލަ 12 ޖެންސެޓް ފޮނުވުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ 600 […]
އަލީ އާދިލް
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ 14 ވަނަ ނަސީބުވެރިޔާ އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ފަހަރުގެ ގުރުއަތުން އުމްރާ ދަތުރު ކާމިޔާބުކޮށްފައިވަނީ މ. މުލައް، ނުޒުހާ އިބްރާހިމް އެވެ. އުރީދޫގެ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއްފަހަރު ނަސީބުވެރި ކަސްޓަމަރަކު ހޮވައި، ޖުމްލަ 19 ފަރާތަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މީގެ އިތުރުން، މި ކެމްޕެއިންގެ އެންމެ ބޮޑު އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ […]
އިބްރާހިމް އަސްވާޤް
ނިމިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރާ ގާތްކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 948.3 މިލިއަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 61 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން އަންދާޒާކޮށްފައިވަނީ އަހަރު ނިމޭއިރު ރިޒާވް...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކުގެ ތެރެއިން، އިސްރަށްވެހިންގެ ނާދީގެ ބައިވެރިންނަށް ހާއްސަ ސެޝަންތަކެއް މާލެ އަދި ހުޅުމާލޭގައި ބާއްވައިފިއެވެ. މިއީ މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓ...
އިބްރާހިމް އަސްވާޤް
ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފި ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ. ސްޓެލްކޯ އިން އިއްޔެ ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1،200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް ނިމި، އަމަލީ ގޮތުން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މި ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. މީގެ...
އަލީ އާދިލް