މައި ޚަބަރަށް ދިޔުމަށް

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 16 ވަނަ ޞަފްޙާ

އެލް ސްޓޫޑިއޯއިން އެޕަލް ވޮޗް ގަތުމުން، އުރީދޫ އީ-ސިމްގެ ހިދުމަތް 6 މަސް ދުވަހަށް ހިލޭ!

އެލް ސްޓޫޑިއޯއިން އެޕަލް ވޮޗް ގަތުމުން، އުރީދޫ އީ-ސިމްގެ ހިދުމަތް 6 މަސް ދުވަހަށް ހިލޭ!

އެލް ސްޓޫޑިއޯ އާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އެޕަލް ވޮޗް އީ-ސިމް ޕްރޮމޯޝަންގެ ފައިދާ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން އެ ކުންފުނިން ހަނދާންކޮށްދީފިއެވެ. މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން، އެލް ސްޓޫޑިއޯ ފިހާރައިން އެޕަލް ވޮޗްގެ ކަނޑައެޅޭ މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު ހަރަދަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ. މި ހިދުމަތަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާތީ، ވީހާވެސް އަވަހަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫއިން ވަނީ […]

އިބްރާހިމް އަސްވާޤް
މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ

މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ

މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 512,444,534 ޑޮލަރު ބަލައިގެންފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި...

އަލީ އާދިލް
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މިއަދު ކުރިއަށް ގެންދަނީ

އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މިއަދު ކުރިއަށް ގެންދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ޚާއްސަ ސާވޭއެއް މިއަދު ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ސާވޭއަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭގެ ސަބަބުން ރާއްޖެއިން ބޭރަށް ފައިސާ ދައުރުވާ ގޮތުގެ ސައްހަ މަ...

އިބްރާހިމް އަސްވާޤް
ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި

ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ “ފަވަރަ” ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށްޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ. އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި “1544” މި ހޮޓްލައިން ތައާރަފްކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް...

އިބްރާހިމް އަސްވާޤް
ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި

ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތަށް ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނުތަކަށް މީގެ ކުރިން އަމިއްލައަށް ދައްކަންޖެހޭ 20 އިންސައްތަ އިކުއިޓީ، މިހާރު ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދުމުގައި ބޮ...

ޔުމްނާ ޢަލީ
ހަނގުރާމަ މެދުކަނޑާލަން އެއްބަސްވިކަން އިޢުލާން ކުރުމާ ގުޅިގެން ތެލުގެ އަގު ދަށަށް

ހަނގުރާމަ މެދުކަނޑާލަން އެއްބަސްވިކަން އިޢުލާން ކުރުމާ ގުޅިގެން ތެލުގެ އަގު ދަށަށް

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުން އައި ހަނގުރާމަ އެންމެ ފަހު ވަގުތު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެއެވެ. ހަފުތާތަކެއް ވަންދެން ތެލުގެ އަގު އިންތިހާއަށް އުފުލުމަށްފަހު، ހަނގުރާމައިގެ ބިރުވެރިކަން ރަސްމީކޮށް ފިލައިދިއުމާއެކު، ތެލުގެ އަގު ވަނީ ފަހުގެ ތާރީޚެއްގައި އެއް ދުވަސް ތެރޭ އެންމެ ބޮޑަށް ދަށަށް ދިޔަ އެއް ފަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އ...

ނާޒިމާ އަލީ
އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދައްކައިގެން 20 ރުފިޔާ ވޮލެޓަށް

އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދައްކައިގެން 20 ރުފިޔާ ވޮލެޓަށް

އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. މި ލިމިޓެޑް ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެއެވެ. މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެއެވެ. ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތަ...

އިބްރާހިމް އަސްވާޤް
ޝާހިދު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުން ވަކިކޮށްފި

ޝާހިދު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުން ވަކިކޮށްފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ވަކިކޮށްފިއެވެ. ޝާހިދު މި މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ. އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް ޝާހިދު އައްޔަނުކޮށްފައިވަނ...

ޔުމްނާ ޢަލީ
އެގްރޯނެޓްގެ އެމްޑީ އަށް ވެސް މަގާމު ގެއްލިއްޖެ

އެގްރޯނެޓްގެ އެމްޑީ އަށް ވެސް މަގާމު ގެއްލިއްޖެ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިންދީދީ މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. އެގްރޯގެ އެމްޑީ އަކަށް ހުންނެވި ހުސައިންދީދީ، ފޮޓޯ: އެގްރޯނެޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުސައިންދީދީ މަގާމުން ވަކިކުރި ނަމަވެސް، އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް އެ ބޯޑުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހުސައިންދީދީ އެގްރޯ ނެޓްގެ އެމްޑީކަމަށް ޢައްޔަނުކުރީ 7 ޖެނ...

ޔުމްނާ ޢަލީ
ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި

ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިރޭ އެ މަގާމުން ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން ވަކިކުރީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ކަމަށެވެ. ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ 6 އެޕްރީލް 2026 ގައެވެ. އެމްޕީއެލްގެ...

ޔުމްނާ ޢަލީ
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު މަގާމުން ވަކިކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު މަގާމުން ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. ނަޖާހު މި މަގާމަށް އައްޔަންކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަޖާހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހ...

ޔުމްނާ ޢަލީ
ބީއެމްއެލްގެ 90 އޭޓީއެމްގެ ޚިދުމަތާއި ހަ ރަށެއްގެ އައު ބްރާންޗްތައް އިފްތިތާހުކޮށްފި

ބީއެމްއެލްގެ 90 އޭޓީއެމްގެ ޚިދުމަތާއި ހަ ރަށެއްގެ އައު ބްރާންޗްތައް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތާއި އައު ބްރާންޗް ނެޓްވޯކް، ރާއްޖޭގެ 6 ރަށެއްގައި އެއް ވަގުތެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މާލޭގެ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެއް ވަގުތެއްގައި 70 ޑޮލަރު އޭޓީއެމްއާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚ...

ޔުމްނާ ޢަލީ
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އިތުރު 364 ޔުނިޓުގެ މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އިތުރު 364 ޔުނިޓުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. ހު...

ޔުމްނާ ޢަލީ
ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް މުޙައްމަދު މުޢިއްޒު އެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލ...

ޝިއުނާ އާދަމް
10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 10 ރުފިޔާގެ އައު ނޫޓުތަކެއް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުރުކުރަން ފެށުމަށް ނިންމައިފިއެވެ. މި ނޫޓުތަކަކީ ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ ސްޓޮކް މަދުވުމާއި، ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށްޓަކައި އަލަށް ޗާޕުކޮށްގެން ގެނައި ނޫޓުތަކެކެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމުން، ދިވެހިންގެ އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް މި ނ...

އިބްރާހިމް އަސްވާޤް