މޭވާގެ ފޫ ގިރޭ ބަލީގެ ޙަޤީޤަތާއި ބަލީގެ ޙައްލު
ހައްދާ ތަކެތީގެ ފޫ ގިރޭ ބަލި ނުވަތަ ބްލޮސަމް އެންޑް ރޮޓަކީ ހައްދާތަކެތީގެ (މީގެ ފަހުން ‘މޭވާގެ’) ފޫ ނުވަތަ އެންމެ ތިރީ ކޮޅު ގިރޭ ބައްޔެވެ. ވިލާތު ބަށި، ބަށި، ކަރާ އަދި އަނބަށް ވެސް މި ބަލި ޖެހެއެވެ. މިއީ ބޭނުންވާ މިންވަރަށް ގަހުން މޭވާއަށް ކެލްސިއަމް މާއްދާ ފޯރުނުކޮށްދެވި، ކެލްސިއަމް މަދުވުވުން ޖެހޭ ބައްޔެކެވެ. ފުރަތަމަ މޭވާގެ ފުލުގައި ފެން އެރިފައި ހުންނަ ގޮތަށް ރީނދޫކުލައަކަށް ލަކެއް ޖަހައެވެ. ދެން އެތަނުގެ ކުލަ […]