ރާއްޖޭގައި ދަނޑުވެރިކަމާއި ބަގީޗާ ގަސް ހައްދާއިރުވެސް އެންމެ ބޮޑު އެއް މައްސަލައަކީ މާގިނައިން ބަލި ޖެހުމާއި ގަހަށް ތަފާތު މައްސަލަތައް ކުރިމަތިވުމެވެ.

ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި އެބަލިތައް ޖައްސާ ކުދި އަދި ބޮޑެތި ސޫފިތައް ނައްތައިލުމަށް ހިތި ފަތާއި އޮށް، ފިޔާ، ލޮނުމެދު އަދި ފަޅޯފަތް ފަދަ ގުދުރަތީ ތަކެތިން ބޭސް ހަދައިގެން ބޭނުންކޮށް އުޅެއެވެ.

Ad
rt
ކޫޑިއަކީ ދިވެހިރާއްޖޭގައި ގަސް ހައްދައި އުޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން

ހަމަ އެފަދައިން ބަލި ޖައްސާ ދިރުންތަކަށް ހަމަލާދީ ނައްތައިލުމަށް އެފަދަ އެހެން ދިރުމެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިފަހަރު މިބަލައިލަނީ އެފަދަ ދިރުމަކަށެވެ.

'ބޯވްރިއަ ފަންގަސް'އޭ ކިޔާ ކުޑަކުޑަ ފަންގަސް އަކީ ގަސްގަހުގައި އުޅޭ ތަފާތު ފަނިފަކުސައާއި ސޫފިސޫފާސޫފި ނެތިކޮށްލާ ފަންގަސް އެކެވެ. އެބްޓެކް ބޯވްރިއަ ނަމުގައި ބާޒާރުން ލިބެން ހުންނަ މި ފަރުވާ ހުންނަނީ ފަންގަސްގެ އޮށްތަކުގެ ކުޑިކޮޅުތަކެއް ގޮތަށެވެ.

ބޯވްރިއަ ފަންގަސް ޕަކެޓެއް އަދި ފަންގަސް ސޫއްޕަށް ހަމަލަދޭގޮތް

މި ކުނޑި ފެނުގައި ގިރާފައި ގަސްތަކަށް އިސްޕްރޭކުރުމުން، ކުނޑިތައް ގޮސް ގެއްލުންދޭ ދިރުންތަކުގެ ހަންގަނޑުގައި ޖެހި، އައު ފަންގަސްއެއް އެ ދިރުމެއްގެ ހަށިގަނޑުގެ ތެރޭގައި ޤަރުބަގަންނަނީ އެވެ. ދެން އެ ދިރުމެއް ކައިބޮއި އުޅޭ އެއްޗެހީގެ ހުރިހާ ފައިދާއެއް ފަންގަސް ހެދިބޮވުމަށް ބޭނުންކުރަނީއެވެ. މީގެ ސަބަބުން އެއްކަލަ ގެއްލުންދޭ ދިރުން 7 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މަރުވެއެވެ.

ބޯވްރިއަ ފަންގަސް އަކީ ކެމިކަލް އެކުލެވޭ އިންސެކްޓިސައިޑު ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ ގުދުރަތީ އެޖެންޓެކެވެ. ތިމާވެއްޓާ ރައްޓެހި، އަދި ދިރުންތަކުގެ ނަޞްލު އެއްކޮށް ނެތިކޮށްލުމަށް އެހީތެރިނުވާ ދެމެހެއްޓެނިވި ފަރުވާއެކެވެ.

މި ފަންގަސް، ގަހަށް ގެއްލުންދޭ ތަފާތު ގިނަ ދިރުންތަކާ ދެކޮޅަށް މަސައްކަތްކުރެއެވެ. އޭގެތެރޭގައި، ގަހުގެ މުލަަށް ގެއްލުންދީ ބަލިޖައްސާ ދިރުންތައް، ކޫޑީގެ ވައްތަރުތައް، ބޮޑު ފަނި، އަދި ތޮރުފާ ފަންޏާއި ގަހުން ދިޔަބޯ ތަފާތު ކުދި ދޫނިތައް ހިމެނެއެވެ.

ބޯވްރިއަ ހަމަލަދީ ކޮންޓްރޯލްކުރާ ބައެއް ސޫފި

އެބްޓެކް މަރުކާގެ ބޯވްރިއަ ފަންގަސް ހުންނަނީ ކުނޑިކޮށެވެ. ނަމަވެސް މި ފަންގަސް ދިޔާކޮށްވެސް ތައްޔާރުކޮށްފައި ހުރެއެވެ. ފަސްގަނޑަށް އަޅާނަމަ، ނިސްބަތުން 1 ކިލޯ ކާދަށް 20 ގުރާމް މީގެ ކުނޑި އެއްކޮށްފައި ފަސްގަނޑަށް އެޅިދާނެއެވެ. ގަހަށް އިސްޕްރޭކުރާނަމަ ފެން ލިޓަރަކަށް، 20 ގުރާމް ގެ ނިސްބަތް ހިފެހެއްޓިދާނެއެވެ.

ވިސި ގުރޫޕް ކިޔާ ރާއްޖޭގެ ފޭސްބުކް ޕޭޖެއްގައި މި ބޭސް އިސްތިހާރުކޮށްފައި ވެއެވެ. ދަނޑުބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުން މިފަދަ ފަރުވާތައް ރާއްޖެއަށް ތަޢާރަފްކުރާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެކެވެ.

ތިރީގައި އެވަނީ މި ޕްރޮޑަކްޓް އުފައްދާ ކުންފުނިން ޕްރޮޑަކްޓާ ބެހޭގޮތުން ދީފައިވާ ތަފްޞީލް މަޢުލޫމާތު ހިމެނޭ ލިންކެކެވެ.

ޕްރޮޑަކްޓާ ބެހޭގޮތުން ދީފައިވާ ތަފްޞީލް މަޢުލޫމާތު

އެގްރިކަލްޗަރ މިނިސްޓްރީގެ ބަޔޯޕެސްޓިސައިޑް ފޮތުގެ ލިންކު

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް