އަޅުގަނޑުމެން ގަސް ހައްދައި އުޅޭއިރު ގަހާއި ގަސް އިންދާފައި ހުންނަ މުށިގަނޑުތެރޭގައި ނުވަތަ ގަހުގެ ބުޑުގެ ފަސްގަނޑުގައި މާ ގިނައިން ހިނި އުޅޭކަން ބައެއް ފަހަރު ފާހަގަކުރެވޭނެއެވެ.

މި ބަލައިލަނީ މީގެ ސަބަބުތަކަށާއި ގެއްލުންތައް އަދި ޙައްލުތަކަށެވެ.

Ad
rt

ގަހަށް ހިނި ޖަމާވަނީ ކީއްވެ؟

ގަހުގެ ކުރިތަކަށް ހިނި ޖަމާވާ މައިގަނޑު ސަބަބަކީ ގަހުގައި އަޅާ ކޫޑި، އެފިޑް ފަދަ ތަކެތި ގަހުން ދިޔަ ބޯއިރު ނުކުންނަ ކިރާއި ހަކުރު ނުވަތަ ފޮނި ބުއިމެވެ.

އެ ފޮންޏަކީ ހިނިތަކަށް ލިބޭ 'ހިލޭ ކާނާ' އެކެވެ. އަދި ބައެއްފަހަރު ކޫޑި ފަދަ ސޫފި ޝިކާރަކުރުމަށްވެސް ހިނި ގަހަށް އަރައެވެ.

ގަހަށް ހިނި އަރަނީ ފޮނި ބޯން

ފަސްގަނޑުގައި ހިނި އުޅޭ 3 ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ ހިނީގެ ބިސް އެކުލެވޭ ފަސް ގަސް އިންދަން ބޭނުންކުރުމެވެ.

ދެވަނަ ސަބަބަބީ ފެންދެވޭ މިންވަރު މަދުކަމުން ފަސްގަނޑު ރަނގަޅަށް ހަމަނުޖެހި ހުރެ، ހިނި ހާލި ހަދައިގެން އުޅެން ޖާގަ ހުރުމެވެ. ތިން ވަނަ ސަބަބަކީ ހިނި އަރާ ޒާތުގެ ތަކެތި މާގިނައިން ގަސް ބުޑަށް އެޅުމެވެ.

ގަހަށް ހިނި ޖަމާވެ ކޫޑި ޝިކާރަކުރަނީ

ހިނި ދެނީ ކޮން ގެއްލުމެއް؟

އެހެން ސޫފިތަކެކޭ އެއްގޮތަށް ހިންޏަކީ ވެސް، އިތުރަށް ގަހުން ފޮނި ބޮއެ ހަދާ ސޫއްޕެކެވެ.

އެގޮތަށް ދިޔަ ބުއިމުން ގަސް ގުރުނޑުވެއެވެ. އަދި ކަޅު ފޫ ޖެހުން ފަދަ ފަންގަސް ބަލިތައް އާލާކުރެއެވެ.

ހިނީގެ ސަބަބުން ގަސްމިވަރަށް ގުރުޑުކޮށްލާ

ފަސްގަނޑު ތެރޭގައި އުޅޭ ހިނި މަދުން ނަމަވެސް މޫތަކުގައި ހުންނަ ހިމަ އިސްތަށި މޫތައް ކައެވެ.

އޭރުން ގަހަށް ފެނާއި ކާނާ ނެގުން މަދުވެ، ގަހުގެ ހެދުން ހުއްޓި ގަސް މަރުވެސް ވެއެވެ.

ހިނި ޖަމާވެ ބޯ ފޮނީގައި ނަގާ ކަޅު ފޫ

އަދި ހިނި މެދުވެރިކޮށް އެއްގަހުގައި ހުންނަ ބަލިތައް، ޚާއްޞަކޮށް ވައިރަސް ބަލިތައް އަނެއްގަހަށް ވާސިލުވެއެވެ.

ހިނިން ގަސް ސަލާމަތްކުރެވޭނީ ކިހިނެއް؟

ގަހަށް މާގިނައިން ހިނި އަރާނަމަ އެކަމުން ގަސް ސަލާމަތްކުރަން މަސައްކަތްކުރަން ޖެހެއެވެ.

ހިނި މާ ގިނައިން އުޅޭ ގަހެއް ހުރި ފަސްކޮޅެއް ބެލި އިރު ހިނި ހޮރް ހަދާފައި

އެގޮތުން ކޫޑި އަދި އެފިޑް އަޅާނަމަ އެ ސޫފިތައް ކޮންޓްރޯލްކުރަން ޖެހެއެވެ. އެކަމަށް އިންސެކްޓިސައިޑަލް ސޯޕް ނުވަތަ ނީމް އޮއިލް ބޭނުންކުރާށެވެ.

ނުވަތަ ކަމަށް ޚާއްޞަ ކެމިކަލް ބޭހެއް ވީ އެންމެ މަދުން، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމާއެކު ބޭނުންކުރާށެވެ.

ހިނިން ގަސް ސަލާމަތްކުރުމަށް ބޭނުންކުރެވިދާނެ އިންސެކްޓިޑަލް ސޯޕްއެއް

ސީދާ ހިނި ކޮންޓްރޯލްކުރުމަށް ވެސް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން އެޕަލް ސިޑާ ވިނެގާގެ މަދުމިންވަރެއް ފެނަށް ގިރާފައި ސްޕްރޭކޮށްލެވިދާނެއެވެ.

ނުވަތަ ކަރުބޮލާ ގުޅައެއް ގަސް ބުޑުގައި ބޭއްވިދާނެއެވެ. ހިނި ކޮންޓްރޯލްކުރަނަ ހުންނަ ބޭސް ވެސް ހުރެއެވެ. މިސާލަކަށް 'ސެވިން' ސްޕްރޭކުރެވިދާނެއެވެ.

ފިހާރަތަކުން ވިއްކަން ހުންނަ އެޕަލް ސިޑަރ ވިނެގަރް ގެ މަތިގަންޑެއް 500 އެމްއެލް ފެނުގަ ސްޕްރޭ ކުރެވިދާނެ

ގަވައިދުން ގަސް ބުޑަށް ފެންދިނުމަކީ ހިނި ގިނަ ވިޔަނުދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ގަސް ބުޑަށް އަޅާ ބިސް ތޮށްޓާއި މޭވާ ތަރުކާރީ ތޮށި ފަދަ ތަކެތި ފުރަތަމަ އަވީގައި ބަހައްޓައި ހިއްކައިލުމަށްފަހު ދެން ގަސް ބުޑަށް އަޅާށެވެ.

"ސެވިން" އެންމެ ފަހުން ހިނި ކޮންޓްރޯލް ކުރަން ބޭނުންކުރެވިދާނެ

ގަސް އިންދަން ބޭނުންކުރާ ފަހަކީ އަވީލައި ހޫނުކޮށްފައި ހުންނަ ފަސްކަމުގައި ހަދާށެވެ. ނާގިނައިން ފަސް ގަނޑުގައި ހިނި އުޅޭނަމަ އައު ފަހުގައި ގަސް އިންދާށެވެ. ނުވަތަ ހިނި އުޅޭ ފަސްތައް ނަގައި އައު ފަސް އަޅާށެވެ.

ފަހާއި މޫތަކަށް ހިނިދޭ ގެއްލުން

ކަޅުފަސް އަވީލާފައި، އަވީ ލުމުން ހިނީގެ ބިސް ހަލާކުވޭ

ހިނީގެ ފައިދާއަށް ވިސްނައިލަން ޖެހޭ!

ހިންޏަކީ ބައެއް ކަހަލަ ސޫފި ކައި މަދުކޮށްދޭ އަދި މައު ޖޯޑުކޮށްދިނުމަށްވެސް އެހީވެދޭ ސޫއްޕެއްކަން ވިސްނަން ޖެހެއެވެ. އަދި ފަސްގަނޑުތެރޭގައި ކާދު އުފައްދާ ގުދުރަތީ އެޖެންޓެއްވެސް މެއެވެ.

ހިނި މާ ޖޯޑު ކުރަނީ

ނިންމުން

ހިންޏަކީ މާގިނަ ވެއްޖެ ނަމަ ގަހަށް ގެއްލުންދޭ ޕެސްޓެކެވެ. ހިނި ގަހަށް ޖަމާވާ ސަބަބުތަކެއް ހުރެއެވެ. އަދި ތަފާތު ގެއްލުންތައް ދެއެވެ. ޙައްލު ހޯދުމުގައި ފުރަތަމަ ވިސްނަންވީ ހިނި ގިނަ ވާ ސީދާ ސަބަބު ހޯދައި އެ ސަބަބު ނައްތައިލުމަށެވެ. ދެން އެއަށްފަހު ގުދުރަތީ ތަކެތި އަދި ވީހާވެސް ކެމިކަލްގެ ގޮތުން ގެއްލުން ކުޑަ ގޮތެއްގައި ހިފައިގެން ކުރިއަށް ދިޔުމަށެވެ. ބާރުގަދަ ކެމިކަލް ޙައްލަކަށް ދާނީ ދެން އެނޫން ގޮތެއް ނެތް ނަމައެވެ!