Skip to main content

ހުބާ ޕްލާންޓްސް

Viewer
🇲🇻 ތިލަދުން Desk
56 Stories
4 Reads

Published on ތިލަދުން (Thiladhun) by ހުބާ ޕްލާންޓްސް

ރާއްޖޭގައި ވިޔަފާރި އުޞޫލުން އަލުވި ހެއްދުން
Column

ރާއްޖޭގައި ވިޔަފާރި އުޞޫލުން އަލުވި ހެއްދުން

ރާއްޖޭގައި ވިޔަފާރި އުޞޫލުން ދަނޑުބިމުގައި ދަނޑުވެރިކަން ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ދިވެހިން އާއްމުކޮށް ހައްދައި އުޅެނީ މޭވައާއި ތަރުކާރީގެ ތެރެއިން މަދުބާވަތެކެވެ. ކުރިން ހައްދައި ނޫޅޭ ބައެއް ބާވަތްތައް ފަހުން ދިވެހި ދަނޑުވެރިން ގިނަ އަދަދަކަށް ހައްދަން ފަށާފައިވެސް އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ކިއުކަމްބާ އެވެ. އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރައްވާ ގޮތުން މިހާރު ރާއްޖޭގައި ހައްދާ ކިއުކަމްބާގެ އަދަދު އިމްޕޯޓުކުރާ ކިއުކަމްބާއަށް ވުރެ ގިނައެވެ. މިގޮތުން އަލުއްވަކީވެސް ފުޅާދާއިރާއެއް...

ފަނިއަލަ ހެއްދުމުގެ އުކުޅުތައް
Column

ފަނިއަލަ ހެއްދުމުގެ އުކުޅުތައް

ފަނިއަލައަކީ ފަލަމަޑި އަދި ރާއްޖޭގައި ހައްދައި އުޅޭ އަލައިގެ ބާވަތްތަކުން ހައްދަން އެންމެ ފަސޭހަ އެއް ބާވަތެވެ. ފަނިއަލައަކީ މީރު އަދި މަދުމަދުން ބޭނުންކުރުމަށް ޞިއްޙަތަށް ފައިދާހުރި ފަލަމަޑިއެކެވެ. ހަމަކޮންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ފަނިއަލަ އިންދައި ހެއްދިދާނެއެވެ. މި އުކުޅުތައް ބޭނުންކުރާށެވެ. އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަ ކަނޑާފައިވާ ގަހާއި އެގަހުގެ ބުޑުން ފަޅާފައި ހުންނަ ނިރު ނުވަތަ އަލަގަނޑު އޮތް ގޮތަށެވެ. ބޮޑު އަލަގަނޑެއް ނަމަ، އޭގެން ޓިޝޫކަލްޗަރ ކޮށްގެނެވެ. އެންމެ ރަނގަޅީ...

ކާދު ތައްޔާރުކޮށް ބޭނުންކުރާނޭ ގޮތް
Column

ކާދު ތައްޔާރުކޮށް ބޭނުންކުރާނޭ ގޮތް

ކޮމްޕޯސްޓް ނުވަތަ ކާދަކީ ގަހުގެ ޠަބީޢަތާ އެންމެ ރައްޓެހި އެންމެ ފައިދާ ހުރި ގުދުރަތީ ކާނާއެވެ. ކޮމްޕޯސްޓަކީ ދަނޑުވެރިކަމުގެ ބަހުރުވައިގައި ހަމަ ރަނެވެ. ސަބަބަކީ ގަހެއް ހެދުމަށް ބޭނުންވާ ހުރިހާ ބައިތަކެއް ކޮމްޕޯސްޓްގެ ޒަރީޢާއިން، ލިބެން ޖެހޭ މިނުގައި ގަހަށް ލިއްބައިދީ، ފަސްގަނޑުގެ މުއްސަނދިކަމާއި ސިފަތައް ގަހަށް ބޭނުންވާ ގޮތަށް ލިއްބައިދެމުން ދާތީއެވެ. މިޒަމާނުގައި ކޮމްޕޯސްޓް ފޯމިއުލާތައް އުފައްދަނީ ކޮމްޕޯސްޓް ކުރުމަށް ބޭނުންކުރާ ޚާއްޞަ ފަނި ބޭނުންކޮށްގެން މޭވާ، ތަރުކާރީ އަދި ބަދިގޭގައި އުފެދޭ ފަ...

ދަނޑުވެރިކަން: ކޮން އެންޕީކޭ އެކޭތަ ލިޔެފަ މިހުންނަނީ؟
Column

ދަނޑުވެރިކަން: ކޮން އެންޕީކޭ އެކޭތަ ލިޔެފަ މިހުންނަނީ؟

އެންޕީކޭ އަކީ ގަސްގަހާގެއްސަށް ކާނާގެ ގޮތުގައި ބޭނުންވާ މައިގަނޑު 3 އުންސުރު ރަމްޒުކޮށްދޭ 3 އަކުރެވެ. އެއީ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް އެވެ. ފިހާރަތަކުން ވިއްކާ ކާނާ ޕެކެޓާއި ފުޅީގައި މިގޮތަށް ލިޔެފައި ހުރެއެވެ. މި ތިން އުސުރަކީ މާކަނާދެވެ. އެއީ ގަހަށް ކޮންމެހެން ބޭނުންވާ 3 އުންސުރަށް ވާތީ މާކަނާދު ކިޔަނީ އެވެ. މަދުންބޭނުންވާ އުންސުރުތަކަށް ކިޔަނީ ލީކަނާދެވެ. އެއީ ކެލްސިއަމް، ފެރަން (އަޔަން)، މެގްނީސިއަމް، މެންގަނީޒް، ބޯރޮން ފަދަ އުންސުރުތަކެވެ. ދެން އޮތީ […]

އަނބުގަހާއި ދަބަރުބަލި - ހުބާ ޕްލާންޓްސް
Column

އަނބުގަހާއި ދަބަރުބަލި - ހުބާ ޕްލާންޓްސް

ރާއްޖޭގައި އަނބުގަހަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ޢާއްމު އެއް ބައްޔަކީ ދަބަރުބަލި ނުވަތަ ކޮމަން ރަސްޓެވެ. ދަބަރު ބަލި ޖެހިފައި ހުންނަ އަނބުގަހެއްގެ ފަތްތަކުގައި ދަބަރުކުލައިގެ ފުއްތަކެއް ހުރެއެވެ. މިއީ އަލްގޭއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދަބަރުބަލި ޖެހޭ އިރު ފުރަތަމަ ފަތުގެ ނުފުށުގައި ހުދު ނުވަތަ މުށި ކުލައިގެ ތިކިތަކެއް ޖަހައެވެ. އެއަށްފަހު ދުވަސްކޮޅަކުން އެ ތިކިތަކާ ދިމާލުގައި ފަތުގެ މަތިފަރާތުގައި އުފުލިފައި ހުންނަ ފުއްތަކެއްހެން ހުންނަ ދަބަރުކުލައިގެ ތިކިތަކެއް ޖަހައެވެ. ދަބަރުބަލީގެ...

ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް
Column

ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް

އަހަރެމެން ހައްދައިއުޅޭ ގަސްގަހުގައި ތަފާތު ވައްތަރުގެ ލައް ޖެހުމަކީ ވަރަށް ޢާއްމު ކަމެކެވެ. ލަކަކީ ފަންގަސް ބައްޔެކެވެ. އާމުކޮށް ލައްޖަހަނީ ގަހުގެ ފަތްތަކުގައި ކަމަށް ވިއަސް ބައެއް ފަހަރު ގަހުގައި އަޅާތަކެތީގައާއި މައިގަނޑާއި އޮފިތަކުގައިވެސް ލައްޖަހައެވެ. ލައްޖެހުމުން ގަހުގެ ހެދުމަށް ހުރަސް އެޅި ގަސް މަރުވާ ފަހަރު އަންނައިރު ގަހުގައި އަޅާތަކެތި ބޭނުންނުކުރެވި ދާތަން އާދެއެވެ. ފަންގަސް ބަލިތަކަށް ކޮންމެހެން ފިހާރައިން ގަންނަ ފަންގިސައިޑެއް ބޭނުން ނުކޮށްވެސް ފަރުވާކުރެވިދާނެއެވެ. އެގޮތުން މިފަހަ...

ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ - ހުބާ ޕްލާންޓްސް
Column

ގުރުނޑުބަލީގެ ވައްތަރުތަކާއި ބަލީގެ ފަރުވާ - ހުބާ ޕްލާންޓްސް

ގުރުނޑުބައްޔަކީ ކޮބާ؟ : ގުރުނޑުބައްޔަކީ ފަތުގައި ޤުދުރަތީގޮތުން ހިނގާ ނިޒާމުތަކަށް ތަފާތު ސަބަބުތަކާހުރެ ހުރަސް އެޅުމުން ފަތްތައް ރޫޖެހުމަށް ނުވަތަ މައްޗަށް ނުވަތަ ތިރިއަށް ކައިރިފަށް އޮޅުމަށް އަދި މިއިން ކޮންމެވެސް އެއް ބަދަލަކާ އެކީގައި ފަތްތައް ހަރުވެ އޮމާންކަން ގެއްލި ރާޅުކަމެެއް އައިސް ހުންނަން ޖެހޭ ސައިޒަށް ވުރެ ފަތްތައް ކުދިވުމަށް ކިޔާ ނަމެކެވެ.  ދަނޑުވެރިކަމުގެ ބަހުރުވާގައި ގުރުނޑަކީ އޭގެ ޒާތުގައި ބައްޔެކެވެ. މި ބަލީގެ އަސަރު ފަތްތަކުގެ އިތުރުން، ކުރިތަކާއި ގަހުގައި އަޅާ ތަކެއްޗަށް ކޮށް...

ކާމިޔާބުކަމާއެކު މޭބިސްކަދުރު އިންދާ ހެއްދުން - ހުބާ ޕްލާންޓްސް
Report

ކާމިޔާބުކަމާއެކު މޭބިސްކަދުރު އިންދާ ހެއްދުން - ހުބާ ޕްލާންޓްސް

މޭބިސްކަދުރަކީ ހުތް ފޮނި ރަހައެއް ލާ މީރު މޭވާއެކެވެ. ބިލެތް ރޯކޮށްގެން ކުރި ހައްދާ އުސޫލުން މޭބިސްކަދުރު ހެއްދެއެވެ. މިލިޔުމުގައި މިބަލައިލަނީ ރާއްޖޭގައި މޭބިސްކަދުރު ހައްދާނެ ގޮތުގެ މައްޗަށެވެ. ކުރި އިޚްތިޔާރުކުރުން އޮށުން ގަސް ފަޅުވައިގެން މޭބިސްކަދުރު ފޯދުމަށް 1 އަހަރު ނަގައެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފޯދިފައި ހުންނަ މޭބިސްކަދުރު ވެލަކުން 1 ފޫޓު ހުންނަ ވަރުގެ ކުޑަ އޮފިކޮޅެއް ހޯދުމެވެ. އޮފިކޮޅުގެ ކުރި ފެހިކުލައިގައި ހުރިނަމަވެސް ބުޑު ކޮންމެވެސް ވަރަކަށް ހަރުވެ މުށިކުލަ […]

ބިލެތް އިންދައި ހެއްދުން
Report

ބިލެތް އިންދައި ހެއްދުން

ބިލެތަކީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފަތެކެވެ. އާއްމުކޮށް ދުފުމަށް ބިލެތް ބޭނުންކުރި ނަމަވެސް ބޭސްވެރިކަމުގައިވެސް ބިލެތް ބޭނުންކުރެއެވެ. ބިލެތަކީ ވެޔޮ ގޮތަށް ހެދޭ މަޑުލަކުޑިލީ އާއިލާގެ ގަހެކެވެ. ކުރި އިންދުން ކުރި އިންދައިގެން ބިލެތް ހެއްދިދާނެއެވެ. މިގޮތުން ދިގުމިނުގައި 18 ވަރަކަށް އިންޗި ހުންނަވަރުގެ މާ ހަރުނޫން ކުރި ކަނޑާށެވެ. ކުރި ބުރިކޮށްލާނީ ފަތްވަޅެއްގެ ބުޑުން ސެންޓިމީޓަރެއް ހާތަން ބެހެއްޓުމަށްފަހު 45 ޑިގްރީއަށް ކަތިކޮށް ތޫނު...

ވިއްސާރަވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރުން
Column

ވިއްސާރަވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރުން

ދިވެހިންގެ ތެރޭގައި މިވަނީ ތަފާތު ވައްތަރުގެ ގަސްހެއްދުން ވަރަށް ބޮޑަށް އާއްމުވެފައެވެ. ގިނަ ބަޔަކު ގަސްވިއްކުމުގައި ހަރަކާތްތެރިވާއިރު ވަކި އަތޮޅެއް ވަކި ރަށެއް އިސްތިސްނާ ނުވާނޭގޮތަށް ގޭގޭގެ ގޯތިތެރޭގައި ވަނީ ގަސްމުށިތައް އަތުރާލައި ނުހަނު ބޮޑަށް ޒީނަތްތެރިކޮށްލާފައެވެ. ނަމަވެސް ކޮންމެ ކަމަކީ ވެސް އެކަމުގެ ޢިލްމާއި ހުނަރު އަދި ތަޖުރިބާ ލިބިއްޖެނަމަ މާ ރަނގަޅަށް ކުރެވިދާނެ ކަމެކެވެ. މިފަހަރު މިބަލައިލަނީ ވިއްސާރަވުމުން ގަހުގެ ބުޑުގައި ފެން ގިނަވެގެން ލިބޭ ގެއްލުންތަކާއި އެފަދަ ގެއްލުންތައް ކުޑަ...

ހުބާ ޕްލާންޓްސް - ދަރުމައަށް ކުރާ މުހިއްމު މަސައްކަތެއް
Report

ހުބާ ޕްލާންޓްސް - ދަރުމައަށް ކުރާ މުހިއްމު މަސައްކަތެއް

ދިވެހީންގެ ތެރޭގައި ސޯޝަލް މީޑިއާގެ މަޤްބޫލުކަން ބޮޑުވެފައިވާ މިޒަމާނުގައި ވަރަށް ފައިދާހުރިގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންވެސް އުޅެއެވެ. އެފަދަ އެއް ފަރާތަކީ މިހާރު ފޭސްބުކާއި ޓެލެގްރާމްގައި ކުރިއަރަމުން އަންނަ ހުބާ ޕްލާންޓްސް އެވެ. ހުބާ ޕްލާންޓްސް ގެ މައިގަނޑު މަޤްޞަދަކީ ގަހާއި ގަސްހެއްދުމާ ގުޅޭ މަޢުލޫމާތު އެއްކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ދަނޑުވެރިކަމާއި ގަސް ހެއްދުމަށް ޝަޢުޤު ހުންނަ ފަރާތްތަކަށް ގެނެސްދިނުމެވެ. އަދި ގަސް ހައްދައި ވިއްކާފަރާތްތަކާއި ގަންނަ ފަރާތްތައް އެއްތ...