މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޓޮންގާއަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 20 މިނިޓު ކުރިން

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,050 Stories
2,918 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެ ޕްރިޕެއިޑް ކަސްޓަަމަރުންނަށް އަގުހުރި އިނާމުތަކެއް!
Business

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެ ޕްރިޕެއިޑް ކަސްޓަަމަރުންނަށް އަގުހުރި އިނާމުތަކެއް!

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. މި މުއްދަތުގެ...

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި
Business

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި 430 މީޓަރުގެ ސަރަހައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 280 މީޓަރުގެ ސަރަހައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން 7,171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައ...

މިފްކޯގެ އިތުރު ބޯޓެއް މި މަހުގެ 19 ގައި ފްލީޓާ ގުޅެނީ
Business

މިފްކޯގެ އިތުރު ބޯޓެއް މި މަހުގެ 19 ގައި ފްލީޓާ ގުޅެނީ

މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް އެ ކުންފުނިން އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް އައުމަށް ތައިލެންޑުން ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އަންގާރަ ދުވަހު މިފްކޯއިން ބުނީ “ޖަޒީރާ 106” ގެ ނަމުން ނަން ދީފައިވާ އެ ބޯޓު ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މި މަހުގެ 4ގައި ކަމަށެވެ. އަދި 19 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ދުވަހު އެ ބޯޓު ރާއްޖެއަށް އަންނާނެ ކަމަށް […]

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދެނީ
Business

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދެނީ

ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފިއެވެ. މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މުއްދަތު އިތުރު ކުރުމަށް ނިންމީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާން ކުރެވުނު ފަހުންނާއި, 30 މެއި 2023ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތަކުގެ މުއްދަތު 6 މަސްދުވަހަށް އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަ...

މަހުގެ އަގު ކުޑަކުރަން މަޝްވަރާއެއް ނުކުރޭ: މިފްކޯ
Business

މަހުގެ އަގު ކުޑަކުރަން މަޝްވަރާއެއް ނުކުރޭ: މިފްކޯ

މިފްކޯއިން މަސް ގަންނަ އަގު ކުޑަކުރަން ނޫޅޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން އެ ކުންފުނިން، ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި މަސްވެރިން އަތުން މަސް ގަންނަމުންދާ ކަމަށާއި އެ އަގު އެއްވެސް ވަރަކަށް ކުޑަކުރަން ވިސްނުމެއް ނުގެންގުޅޭ ކަމަށް މިފްކޯއިން ވަނީ މަސްވެރިންނަށް ޔަގީންކަން އަރުވާފައެވެ. މަސް ގަންނަ އަގު ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ މިދިޔަ […]

ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަން ރަން ބާއްވަނީ
Business

ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަން ރަން ބާއްވަނީ

ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަން ރަން ބާއްވަން ނިންމައިފިއެވެ. އުރީދޫ މޯލްޑިވްސްގެ “ފަން ރަން” އަދި ޑްރޯން ރޭހެއް އަންނަ ޑިސެމްބަރުގައެވެ. އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ރަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރު ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އެ ކުންފުނީގެ ފަން ރަންއަޑްބބޮޑެތި ކުރިއެރުންތަކެއް […]

ޓެކްނިކަލް މައްސަލައެއް ދިމާވެ ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހެޅުން މަޑުޖައްސާލައިފި
Business

ޓެކްނިކަލް މައްސަލައެއް ދިމާވެ ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހެޅުން މަޑުޖައްސާލައިފި

ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯމު ހުށަހެޅުން މަޑުޖައްސާލައިފިއެވެ. އާބަންކޯއިން ރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފްލެޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އެ ޕޯޓަލަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް ބުންޏެވެ. އެ ކުންފުންޏަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން […]

ބީއެމްއެލްއަށް 3 ވަނަ ކުއާޓަރުގައި 481 މިލިއަނުގެ ސާފު ފައިދާއެއް
Business

ބީއެމްއެލްއަށް 3 ވަނަ ކުއާޓަރުގައި 481 މިލިއަނުގެ ސާފު ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ބީއެމްއެލުން އާއްމުކޮށްފައިވާ އެ ބޭންކުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކަށް އާމްދަނީގެ ގޮތުގައި ޖުމްލަ 1.063 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރިގައި ވެސް އެ ބޭންކަށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ. މިއަހަރުގެ ދެވަަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އެއްވަރުވި […]

3 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 979 މިލިއަނުގެ އާމްދަނީއެއް
Business

3 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 979 މިލިއަނުގެ އާމްދަނީއެއް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. ކޮންމެ އަހަރެއްގެ ވެސް ހަތަރު ކުއާޓަރުގެ މާލީ ރިޕޯޓުތައް ވަކިން ކުންފުނިތަކުން އާއްމުކުރެއެވެ. ތިންވަނަ ކުއާޓަރިގެ ރިޕޯޓުތަކަކީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ކުންފުނީގެ މާލީ ހާލަތު އަންގާ ރިޕޯޓުތަކެވެ. އެމްޓީސީސީން އާއްމުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނ...

އެސްޓީއޯގެ ''އިޔާ އެންޑް ސޭލް'' ފަށައިފި
Business

އެސްޓީއޯގެ ''އިޔާ އެންޑް ސޭލް'' ފަށައިފި

އެސްޓީއޯއިން އަހަރު ނިންމާލުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށްގެންދާ “އިޔާ އެންޑް ސޭލް” ފަށައިފިއެވެ. “އެސްޓީއޯ އިޔާ އެންޑް ސޭލް” ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެސްޓީއޯގެ ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައެވެ. މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ. މިއަހަރުގެ ސޭލް ކުރިއަށްދާނީ ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި […...

100 މިލިއަނުގެ ކޮރަޕްޝަނެއް ހިންގާކަމަށް ފަތުރާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި
Business

100 މިލިއަނުގެ ކޮރަޕްޝަނެއް ހިންގާކަމަށް ފަތުރާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ފެނަކައިން މިހެން ބިނެފައިވަނީ 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާ ކަމަށް އިއްޔެ ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ފެނަކައިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއ...

އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު، ހަލުވި އިންޓަނެޓް ސްޕީޑް، ބޮޑެތި ޑޭޓާ އެލަވަންސް އަދި ޕެރިހަށް ދިއުމުގެ ފުރުސަތު
Business

އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު، ހަލުވި އިންޓަނެޓް ސްޕީޑް، ބޮޑެތި ޑޭޓާ އެލަވަންސް އަދި ޕެރިހަށް ދިއުމުގެ ފުރުސަތު

އެކި ސިނާއަތްތަކުގެ މަސައްކަތާއި ހިދުމަތްތައް ބާރު ސްޕީޑުގައި ޑިޖިޓަލް ވަމުން ދާއިރު، އިތުބާރު ހުރި މެދުކެނޑުމެއްނެތް އިންޓަނެޓް ކަނެކްޝަނަކީ މިހާރު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް މުހިންމު ހިދުމަތެކެވެ. އުރީދޫ މޯލްޑިވްސްގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކޮށް، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސާއެކު އަގުހެޔޮ ޕެކޭޖްތަކެއް ވަނީ ފަހިކޮށްދީފައެވެ. މި ޕެކޭޖްތަކުގެ އިތުރުން އުރީދޫ އަކީ އެކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް ކަސްޓަމަރުންގެ ތަޖުރި...

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި
Business

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ “ކަށަވަރު ޕްރޮމޯ” ފަށައިފިއެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިއަދު ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އަދަމް އާޒިމްއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުނ...

އިފްސާގެ "ތަކާފުލް ވިންޑޯ ޔުނިޓް އޮފް ދަ އިޔާ" ގޯލްޑް އެވޯޑް މިފަހަރުވެސް އަޔާދީއަށް
Business

އިފްސާގެ "ތަކާފުލް ވިންޑޯ ޔުނިޓް އޮފް ދަ އިޔާ" ގޯލްޑް އެވޯޑް މިފަހަރުވެސް އަޔާދީއަށް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއަަށް އަނެއްކާވެސް އިފްސާގެ “ތަކާފުލް ވިންޑޯ ޔުނިޓް އޮފް ދަ އިޔާ” ގޯލްޑް އެވޯޑް ލިބިއްޖެއެވެ. 26 އޮކްޓޫބަރު 2023ގައި ބޭއްވި އިފްސާ (IFFSA) އެވޯޑު ޙަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ “ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ” ކެޓަގަރީއިން ގޯލްޑް އެވޯޑް، ހާސިލުކޮށްފައެވެ. މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން ހާސިލުކުރި 5 ވަނަ ފަހަރެވެ. ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ […]

މޯލްޑިވިއަން އިން ބެންގަލޫރަށް ދަތުރުތައް ފަށައިފި
Business

މޯލްޑިވިއަން އިން ބެންގަލޫރަށް ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށައިފިއެވެ. މިދަތުރުތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ. ބެންގަލޫރަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާއަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަނުން މި ފެށި ދަތުރުތަކާއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަ...