ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި
ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ. އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާސްޓާ ޕްލޭނާއެއްގޮތަށް ހިއްކަން ޖެހޭ ތަންތަން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. ތިލަފުށީ ފަޅުގެތެރެއިން ހިއްކަން ހަމަ ޖެހިފައިވާ އޭރިއާ-އީގެ މަސައްކަތް އަންނަ ޑިސެމްބަރު މ...