އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއަަށް އަނެއްކާވެސް އިފްސާގެ "ތަކާފުލް ވިންޑޯ ޔުނިޓް އޮފް ދަ އިޔާ" ގޯލްޑް އެވޯޑް ލިބިއްޖެއެވެ.

26 އޮކްޓޫބަރު 2023ގައި ބޭއްވި އިފްސާ (IFFSA) އެވޯޑު ޙަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑް، ހާސިލުކޮށްފައެވެ. މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން ހާސިލުކުރި 5 ވަނަ ފަހަރެވެ.

Ad
rt

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ޚިދުމަތްދިނުމުގައި މުޖްތަމައަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ހާސިލުކޮށްފައެވެ.

އެގޮތުން 2017 ވަނަ އަހަރު ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަާ" އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަާ" ސިލްވަ އެވޯޑު އަދި އޭގެ އިތުރުން 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަާ" އިން ލިބިފައިވާ ގޯލްޑް އެވޯޑު ފާހަގަކޮށްލެވެއެވެ.