ފަލަސްތީނަށް އެހީވާން އެމްޕީއެލުން 565،000ރ. ހަދިޔާކޮށްފި
އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެމްޕީއެލުން މި ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގާ ދެ ފަންޑަކަށެވެ. އެގޮތުން ޖުމްލަ 565،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާ އެމްޕީއެލުން ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން ހިންގާ “ފަލަސްތީން ރިލީފް ފަންޑް” އާއި އިންޓަރ...