އުރީދޫ ނޭޝަން ގޭމާސް ލޭންޑް ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލުމުގެ ގޮތުން ރާއްޖޭގެ މޮޅެތި ގޭމަރަންނާއި، ޓީމުތައް އަދި އީސްޕޯޓްސް ކުރިއެރުވުމަށް ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކޮށް އުރީދޫ ނޭޝަން ގޭމާސް އެވޯޑް ބާއްވާފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ކުރިއަށް ދިޔައީ 19 އޮކްޓޯބަރުން ފެށިގެން 22 އޮކްޓޯބަރު ގެ ނިޔަލަށެވެ. 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސް އަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތުން ހުނަރުވެރިކަމާއި ވަރުގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ ކަމަށް އުރީދޫއިން ބުންޏެވެ. މި ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން މުޅި އަހަރު ތެރޭގައި އީސްޕޯރޓްސް ގެ އެކި އެކި ކެޓެގަރީ ތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުން، ޓީމުތައް އަދި ކޮމިއުނިޓީތައްވެސް އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގައި ފާހަގަކުރިއެވެ.

Ad
rt

މި އެވޯޑް ހަފްލާގައި ކޮސްޕްލޭ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމާއި ކެރެކްޓަރތައް ދައްކާލުމުގެ ކޮސްޕްލޭ ޝޯ އެއް ކުރިއަށްދިޔައެވެ. 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި ޝޯ އިން އެއްވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމްއެވެ. ވިޝާމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި ފެސްޓިވަލްގައި ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔައިރު މި މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް އުރީދޫއިން ވަނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާ ގެ އިނާމުތައް ދީފައެވެ.

ރޭސިން ސިމިއުލޭޓަ ޖީޓީ7 މުބާރާތުން ވަނަ ހޯދި ފަރާތްތައް:

• ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް، 11،000 ރުފިޔާ

• ދެ ވަނަ ހޯދި އަލީ އަޝްހަމް އަބްދުލް ހަމީދު 8،000 ރުފިޔާ

• ތިން ވަނަ ހޯދި އަހުމަދު އަލްވިން އައްސިދު ޒާހިރު 6،000 ރުފިޔާ

ޓެކްކެން މުބާރާތުން ވަނަ ހޯދި ފަރާތްތައް:

ޗެމްޕިއަން: އަހުމަދު އަބާން، 5،000 ރުފިޔާ

• ދެ ވަނަ: އަމީލް އިސްމާއީލް 3000 ރުފިޔާ

• ތިން ވަނަ: އަހްމަދު ޠާބިޝް، 2000 ރުފިޔާ

އީ.އޭ.އެފް.ސީ.24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަ ހޯދި ފަރާތްތައް:

ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު، ޖުމްލަ 25،000 ރުފިޔާ

• ދެ ވަނަ: އަބްޔާން އަލީ ނިހާދު، 10،000 ރުފިޔާ

• ތިން ވަނަ: މުހައްމަދު ޒަމީލް ޒިހުނީ، 5،000 ރުފިޔާ

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އިން ވަނަ ހޯދި ފަރާތްތައް:

• ޗެމްޕިއަން، ޓީމް އީޓޫއެސް ޓީއެމް7: 50،000 ރުފިޔާ

• ދެ ވަނަ، ޓީމް އީޓޫއެސް އަކަޓްސުކީ: 20،000 ރުފިޔާ

• ތިން ވަނަ، ޓީމް އާރްޖީސީ ސިންޑިކޭޓް: 10،000 ރުފިޔާ

• ހަތަރު ވަނަ، ޓީމް އާރްޖީސީ ޑެނޯ: 5،000 ރުފިޔާ

• އެމްވީޕީ: 1500 ރުފިޔާގެ ފައިސާގެ އިނާމާއި އެކު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައިވަނީ ޓީމް އީޓޫއެސް ޓީއެމް7 ގެ ހައިޝަމް ވަހީދުއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގެ ދަށުން ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ދީފައެވެ.

• ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން

• ބެސްޓް ސާވިސް އިން އީސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)

• ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް

• ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ

• ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ

• އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމު: އާރްޖީސީ އޮޕެކްސް

• އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު

• އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް

• އެންމެ މޮޅު އެފްސީ24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު

• އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް

• އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު

އުރީދޫ ނޭޝަން ގޭމާސް އެވޯޑް ގެ އެންމެ ޝަރަފުވެރި އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. މި އެވޯޑް ތަކުގެ ތެރޭގައި ހިމެނެނީ:

• އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު

• އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު

• އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ

މިއަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީސްޕޯޓްސް ޖަމިއްޔާތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އެވޯޑެއް ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅާލުމުގައި ދެމިއޮންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިތްގައިމު ގޭމިން ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.